ޚަބަރު

ބަޣާވާތް ކުރަން އުޅެ, ރައީސް ޔާމީނަށް އެންމެ ބޮޑު އަނިޔާއެއް ދިނީ ޑރ. ޖަމީލް: އަބްދުއްރަޙީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް އަބްދުالله ޔާމީންގެ ވެރިކަން ބަޣާވާތަކުން ވައްޓާލަން އުޅެ, ރައީސް ޔާމީނަށް އޭގެ ފަހުން ވެސް އެންމެ ބޮޑު އަނިޔާއެއް ދެއްވި އެއް ބޭފުޅަކީ ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ކަމަށް, ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުالله ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ. ޖަމީލަކީ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސެވެ. އެމަނިކުފާނު މަޤާމުން ދުރުކޮށްފައިވަނީ ސަރުކާރާ ދެކޮޅަށް ބަޣާވަތް ކުރަން އުޅޭ ކަމަށް ތުހުމަތުކޮށް, ރައްޔިތުންގެ މަޖިލީހުން ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ.

ޕީޕީއެމް އިން ވަކިވެ ވަޑައިގެން އައު ޕާޓީއެއް އުފެއްދުމަށް ރައީސް ޔާމީން މަސައްކަތް ފެއްޓެވުމުން, ރައީސް ޔާމީނަށް ދެމުން ގެންދާ އަނިޔާ އިތުރު ކުރައްވަފާނެ ކަމަށް ޑރ. ޖަމީލު ވަނީ ތުހުމަތު ކުރައްވާފައެވެ.

އެކަމަށް ރައްދު ދެއްވަމުން މިރޭ ސަންގް ޓީވީގެ ޕްރޮގްރާމެއްގައި އަބްދުއްރަޙީމް ވިދާޅުވީ ޑރ. ޖަމީލު އުޅުއްވަނީ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދަން ކަމަށެވެ.

"އެއީ ރައްޔިތުންގެ ހިތުގައި ނުތަވަސްކަން ބިރުވެރިކަން އުފެއްދުމަށް ދައްކާ ވާހަކައެއް. ރައީސް ޑރ. މުޢިއްޒު, ރައީސް ޔާމީނަށް އަނިޔާއެއް ނުދެއްވާނެ, އަޅުގަނޑަށް އެ ޔަޤީންކަން އެބައޮތް." އަބްދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަޙީމް އިތުރަށް ވިދާޅުވީ, ރައީސް މުޢިއްޒުގެ ސަރުކާރުން ޒުޑީޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި, ރައީސް ޔާމީނަށް ދެރައެއް ދޭން މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ. އަދި މީގެ ކުރިން ވެސް ރައީސް ޔާމީނަށް އަނިޔާ ދެއްވީ ޖަމީލު ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އަނިޔާ ދިނީ ޖަމީލު. ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ދެކޮޅަށް ބަޣާވާތް ކުރައްވަން މަސައްކަތް ކުރެއްވީ ޖަމީލު. މަޤާމުން ވަކި ކުރީމަ އިނގިރޭސި ވިލާތަށް ވަޑައިގެން, ހެއްދެވިއްޔާ ހެއްދެވިހާ ގޯސް ކަމެއްގެ ތުހުމަތު އެޅުވީ ޖަމީލު. ރައީސް ޔާމީންގެ ވެރިކަން ނިންމަން ނިކުތީ އެ ދެ މީހުން.

އަބްދުއްރަޙީމް ވިދާޅުވީ, ޕީޕީއެމް/ޕީއެންސީއަށް ވުރެ އިޚްލާސްތެރި ބަޔަކު ރައީސް ޔާމީނަށް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ޖަމީލާއި މަލީޙް އުޅުއްވަނީ ރައީސް ޔާމީން މިއަދު ހުންނެވި ހާލަތުގެ ނާޖާއިޒް ފައިދާ ނަގައިގެން އެ މީހުންގެ އަމިއްލަ އެދުންތައް ހާސިލް ކުރަން ކަމަށް ތުހުމަތު ކުރެއްވިއެވެ.

Ads by HDC
  1. ޢަޒްރާ

    ހަމަ ތެދެއް އެބުނީ އަދުރޭ ބުންޏަސް އަހަރެމެން ހަނދާން އެބަހުރި އެދުވަސްތަށް

  2. ޒާހިރު

    މީހަކު އެެންމީހަކަށް ހެޔއެދޭނީ ތިހާވަަރަށް.ޕާޓީ ދަމައިގަތީ.

    ޕީޕީއެމާއި ،ޕީ އެންސީ އަކީ އެއްޕާޓީއެއް . އާންމުއިންތިޚާބުގައި މަޝްވަރާނެ އެހެންފަރާތެއް ނުއޮންނާނެ. ފޮޓޯ ފުޅާއި ހުސްގޮޑި ވިއްކައިގެން ކުރމަސައްކަތް ކާމިޔާބުވެއްެޖެ. ޕާޓީވެސް މިލްކުވެއްޖެ.

    އަދިބުނަން ބޭނުން.މައުމޫނާއި ޔާމީނަށް ލަނޑުދެވިއްޖެޔޭ ދެންމުއިއްޒަށް ލަނޑުނުދެއްޗޭ.