މަޖިލިސް އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާކުރަން ޖޭޕީން ޕީއެންސީއާއެކު އެއް މޭޒަކަށް!

ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގައި ހިމެނޭ ބޭފުޅުންގެ ޓީމަކުން, ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި, ޕީއެންސީގެ އިސް ބޭފުޅުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ޖޭޕީގެ ތަރުޖަމާނު ޕާޓީގެ ތަރުޖަމާން އަލީ ޞާލިޙް ވިދާޅުވީ، އެ ބައްދަލުވުމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޖޭޕީ އާއި ޕީއެންސީއާ އެކު ބޭއްވި ބައްދަލުވުމެއް ކަމަށެވެ. ނަމަވެސް ތަފްސީލް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށް ވިދާޅުވިއެވެ.
ޖޭޕީގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަބަލުން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާގެ އިތުރުން ގާސިމްގެ އަރިސް ބައެއް ބޭފުޅުން ކަމަށްވާ އަހުމަދު ނިހާނާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ރިޔާޒް ރަޝީދު އަދި ސެކްރެޓަރީ ޖެނެރަލް އަޒްލީން އަހުމަދު ބައިވެރިވެވަޑައިގަތެވެ.
ރައީސް ޑރ. މުއިއްޒާ އެކު، ޕީއެންސީގެ ޗެއާޕާސަން އަދި އެ މަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާއި ޕީއެންސީގެ ނައިބު ރައީސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ވެސް ބައިވެރިވެވަޑައިގަތެވެ.

ޖޭޕީގެ ޓީމު މިރޭ ރައީސް ޑރ. މުއިއްޒާއި އެ މަނިކުފާނުގެ ބައެއް އަރިސް ބޭފުޅުންނާ އެކު ދިމްޔާތުގައި.
ޕީއެންސީން ޖޭޕީއާއެކު މަޝްވަރާކޮށްފައިވާއިރު, ޕީޕީއެމްއިންވަނީ މަޖިލިސް އިންތިޚާބުގައި ޕީއެންސީއާއެކު ވާދަކުރަން އެ ޕާޓީގެ ސެނެޓުން ނިންމާފައެވެ.
ނުދޭނޫ ވޯޓެށް ނާާނާާތި ހޯދާާން
2019 ގެ މަޖިލިސް އިންްތިޚާބުގައި، ޖޭ.ޕީ އާއި ގުޅިގެން ކޯލިޝަން ހަދައިގެން ބުއިކަހަލަ ބޮނޑިއެއް ނުބުއިމަށް، މުޢިއްޒު އަށާއި އަދުރޭއަށާއި ޕީ.ޕީ.އެމް/ޕީ.އެން.ސީގެ އިސްވެރިންނަށް ހަނދާންކޮށްދެމެވެ.
މުޢިއްޒު، އަދުރޭ : 2019 ގައި ބުއި ބޮނޑި، މިފަހަރު ނުބޯތި.
ވަރަށް ފަހި
މީގެ 5 އަހަރު ކުރީންވެސް ޖުމްހޫރީ ޕާޱީ، އެމް. ޑީ. ޕީ. ކޯލިސަނުގައިތިބެ މަޖިލިސް އިންތިޚާބުގައި ޕީ.ޕީ.އެމް އަށް ދިނީ ދޯކާ. ދެން ވިސްނަވާ!!!