ޚަބަރު

ފަލަސްތީނަށް އެހީވުމަށް އާބަންކޯއިން ފަންޑްރައިޒިން އިވެންޓެއް ބާއްވަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑް ރައިޒިންގ އިވެންޓެއް ބޭއްވުމަށް އާބަންކޯ އިން ނިންމައިފިއެވެ.

Ads by Hajj Corporation

އާބަންކޯ އިން ބުނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް އެ ކުންފުނިން ކުރިއަށް ގެންދާ ފަންޑްރައިޒިން އިވެންޓް ބޭއްވުމަށް ނިންމާފައި ވަނީ ހުޅުމާލެ ފޭސް 1، ރުއްގަނޑު 2 ގައި ކަމަށެވެ.

މި އިވެންޓް ކުރިއަށްދާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ހަވީރު 4-6 އަކަށް އަދި ރޭގަނޑު 8-10 ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

އާބަންކޯ އިން ވަނީ މި މަހުގެ 3ވަނަ ދުވަހުވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑް ރައިޒިންގ އިވެންޓެއް ކުރިއަށް ގެންގޮސްފައެވެ.

އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 14،000 ވަނީ އަރާފައެވެ. އަދި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 36،000 އަރައެވެ.

  1. ބޮކަރު ސަކީނާގެ އައްޕަ

    ފަލަސްތީނަށް ލާރި ނުހޯދަން އެ މީހުން ބުނީމަ ވެސް ފަންޑްރެއިޒް ކުރަނީ އޭ. ބޯހަރުވީމަ ވާނީ މިހެން