ޚަބަރު ސިޔާސީ

މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް މާދަމާ ހުޅުވާލަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

Ads by Sosun Fihaara

އީސީން މިއަދު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ މަޤާމުތަށް ކަމަށްވާ މާލެ ސިޓީ ކައުންސިލް މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މެންބަރު (މާފަންނު ދެކުރު ދާއިރާ)، މާލެ ސިޓީ ކައުންސިލްގެ މެންބަރު (މެދުހެންވޭރު ދާއިރާ)، މާލެ ސިޓީ ކައުންސިލްގެ މެންބަރު (ހެންވޭރު ދެކުނު ދާއިރާ/ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި) މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ވ. ރަކީދޫ ކައުންސިލްގެ އަންހެން މެންބަރުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

އީސީން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާ ހެނދުނު 09:00 އިން އަންނަ ޑިސެމްބަރު މަހުގެ 13 ވާ ބުދަ ދުވަހުގެ 14:00 ނިޔަލަށް ކަމަށެވެ.

Ads by Ooredoo
  1. ވިސްނާތި

    މިރާއްޖެ މިހާރު ގެނބެމުން މިދާ އަނދަވަޅުން ރާއްޖެ ސަލާމަތްވާން އޮތް ހަމައެކަނި އުއްމީދަކީ އެއީ އެމްޑީޕީގެ ރައީސް އިބޫއޭ މަމެން އުއްމީދު ކުރަމޭ މުއިއްޒު ވަޒީރުންގެ ގޮތުގައި އަދުރޭގެ އާއިލާ އާއި އޭނާގެ ރަށު އެންމެނަށް މުއިއްޒު މެދުވެރިކޮށް ވަޒީރު ކަން ދީގެން އުޅޭތީވެ އެކަން ބަލާ އާއިލީ ވެރިކަމަށް ޖާގަ ސަރުކާރުގެ ތެރޭން ނުދީ އަދުރޭގެ އާއިލާ އާއި އޭނާގެ ރަށުން ވަޒީރު ކަމަށް އައްޔަންކޮށްފައިވާ އެންމެނަށް ރުހުން ނުދޭނެ ކަމަށް އަދި އެއީ ކުފޫވެސް ހަމަވާ ބައެއް ނޫނޭ ދެން އަނެއް ކޮޅުން ލާމު އަތޮޅު މީހުންނަކީ ތައްލީމެއް ހުރި މީހެއް ނަމަވެސް ހުންނާނީ ކޮޕީ ކޮށްގެން ސެރޓިފިކެޓް ހޯދާފައޭ ދެން އެމެން ކުރާނީ އަޑުއެހުމުން ވައްކަމޭ ނުހުންނާނެއޭ މޮޅު އެކަކު ވެސް އަދި ރީތި ސިކުނޑީގެ އަހުލެއް ވެސް ލާމު އަތޮޅަކު ނުހުންނާނެއޭ މިކަން ދަންނާތި ރައީސް އިބޫ އާއި އެމްޑީޕީން މުއިއްޒު އައްޔަން ކޮށްފައިވާ ބަނޑުއަކރިންނަށް ވަޒީރު ކަންދޭއިރު ވިސްނާތި…