ޚަބަރު

ނާއިންސާފުން “ހިޔާ” ފްލެޓްގެ ލިސްޓުން އުނިކުރި ފަރާތްތަކަށް ހިލޭ ވަކާލާތު ކޮށްދެނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރައީސް އަބްދުލްޤައްޔޫމްގެ ސަރުކާރުން ބޯހިޔާވަަހިކަމުގެ ވައުދުގެ ދަށުން އިމާރާތް ކުރެވުނުހިޔާފްލެޓުގެ ހައްގުވެރިންގެ ލިސްޓުން މި ސަރުކާރުން ވަނީ ބައެއް ފަރާތްތައް އުނިކޮށް އަލުން ނެރެފަައެވެ

Ads by MWSC

މި ލިސްޓުން އުނި ކުރި ބައެއް ފަރާތްތަކުން ދަނީ އެ ފަރާތްތައް ލިސްޓުން އުނި ކުރެވުނީ ނުހައްގުން ކަމުގައި ބުނަމުންނެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރުގައި އެމީހުންނަށް ފްލެޓް ލިބުނު ކަމުގައި ވެސް ގިނަ ބަޔަކު ބުނެފައި ވެއެވެ

ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ޝަރުތު ހަމަވެ ފްލެޓް ލިބުނު ކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކާއި ފްލެޓްލިބުނު ކަމުގެ ޝަރުތު ހަމަވެ ނަން ގެޒެޓް ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން މިހާރުގެ ސަރުކާރުން ބޭ އިންސާފުން އެލިސްޓުން އުނި ކުރި ފަރާތްތަކަށް ހިލޭސާބަހަށް ވަކާލާތު ކޮށްދިނުމަށް ރާއްޖޭގެ ލޯވ ފާމަކުން ނިންމަައިފިއެވެ. މި ފަރާތްތަކަށް ހިލޭ ސާބަހަށް ވަކާލާތު ކޮށްދިނުމަށް ނިންމައިފައިވަނީއިކުއިޓީޗެމްބާސްލޯ ފާމުންނެވެ.

އެހެން ކަމުންހިޔާފްލެޓް ތަކަށް ޝަރުތުހަމަވެ މިހާރު އެ ލިސްޓުން އުނިކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ޤާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން[email protected] އަށް އީމެއިލް ކޮށް މައުލޫމާތު ހިއްސާ ކުރުމަށް މި ލޯފާމުން އެދެއެވެ.

ހިލޭ ސާބަހަށް މިފަރާތްތަކަށް ވަކާލާތު ކޮށްދޭނެކަން މި ލޯ ފާމުން ހާމަ ކުރީ މިއަދު އެ ލޯ ފާމުން ކުރި އިއުލާނެއްގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!