ޚަބަރު

ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އިދިކޮޅުން ސައިކަލު ބުރެއް ބާއްވަނީ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އިދިކޮޅުން ސައިކަލު ބުރެއް ބާއްވަން ނިންމައިފިއެވެ.

Ads by Hajj Corporation

މި ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ޕީޕީއެމްގެ އޮފީސް ކުރިމަތިންނެވެ.

މިއީ އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ "ރާއްޖެ ވިއްކާލުމާ ދެކޮޅު" ހަރަކާތުގެ ތެރެއިން ބާއްވާ ސައިކަލު ބުރެއް ކަމަށް މި ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ. އެގޮތުން އެ ދުވަހުގެ ހަވީރު މާލެ ފިޔަވައި އެހެން ރަށްތަކުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ވެސް އިދިކޮޅުން ވަނީ ނިންމާފައެވެ.

ޕާކިން މައްސަލައަށް ހައްލު ނުހޯދައި ސްޓިކާ ނުޖަހާނެ ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެ ވަޑައިގެންފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފުލުހުން ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން އެއްކޮށް ހުއްޓާލިއެވެ.

ނަމަވެސް ފަހުން އަނެއްކާވެސް ސްޓިކާ ޖަހަން ފުލުހުން ފެށިއިރު، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވެހިކަލްތަކުގައި ސްޓިކާ ޖަހަން އަލުން ފެށީ ޕާކު ކުރާނެ ތަންތަން ދެއްކުމަށްފަހު ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއާ ހިލާފަށް މިހާރު ސްޓިކާ ޖަހަމުން އަންނަނީ އުޅަނދު އޮތް ސަރަހައްދު ފޮޓޯ ނެގުމަށް ފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވި ނަމަވެސް ސްޓިކާ ޖަހަމުން އަންނަނީ ޕާކުކުރާނެ ތަނެއް ނުދައްކާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!