ޚަބަރު ސަރުކާރު

ތިން ބިލިއަނެއްހާ ރުފިޔާގެ ޓީ-ބިލް ވިއްކަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް 3.1 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

Ads by STELCO

މިއީ އާ ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ފުރަތަމަ ފަހަރަށް ވިއްކަން ހުޅުވާލާ ޓީ- ބިލެކެވެ.

ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި ހިމެނެނީ 29 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.8 ބިލިއަން ރުފިޔާގެ ޓީ-ބިލަކާއި 97 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 230 މިލިއަން ރުފިޔާގެ ޓީ-ބިލެކެވެ.

މީގެ އިތުރުން  ފިނޭންސް މިނިސްޓްރީން ވަނީ 182 ދުވަހުން އަނބުރާ ދެއްކުމަށް 80 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް 686 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކަން ހުޅުވާލާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޓީބިލް-ތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގައި ކަމަށެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުންނެވެ.

Ads by HDC
  1. އަންއެޑިޔުކޭޓަޑް

    ޓީ ބިލަކީ ކޯޗެއް؟