ޚަބަރު

އާބަންކޯގެ ފަލަސްތީނު ފަންޑް ރައިޒިން ހަރަކާތަށް ބޮޑު ތަރުހީބެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އާބަންކޯގެ ފަރާތުން ބޭއްވި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުމާއެކު މިރޭވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އާބަންކޯއިން ހާމަކޮށްފިއެވެ.

Ads by STELCO

އާބަންކޯގެ ފަރާތުން ރުއްގަނޑު 2 ސަރަހައްދުގައި ކުރިއަށް ގެންދާ ފަންޑް ރެއިޒިން ހަރަކާތަކީ، އެކުންފުނީގެ މުއައްޒަފުންގެ އިސްނެގުަމަށް ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. މި ހަރަކާތް އީއްޔެ ހަވީރު ފަށާފައިވާއިރު، ހަވީރު 4:00 އިން 6:00 އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރޭގަނޑު 8:00 އިން 10:00 ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި އިވެންޓްގައި ފަންޑރައިޒް ކުރުމުގެ އިތުރުން ފަލަސްތީނުގެ ހާލަތާއިމެދު ހޭލުންތެރިކުރުމަށް މައުލޫމާތު ދެވިގެންދާނެއެވެ. އަދި މަޢްރިބް ނަމާދުގެ ކުރިން ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަ ދުޢާއެއް ވަނީ ކޮށްފައެވެ. މި އިވެންޓް ނިންމާލަމުން އައި އޭ ސީ އަށް ޗެކް ހަވާލުކުރެވިގެންދާނެއެވެ.

އިވެންޓަށް އީއްޔެ ލިބުނުު ތަރުހީބާއެކު މިއަދުވެސް ހަވީރު އަދި ރޭގަނޑު ހަރަކާތް ކުރިއަށް ގެންދަން އާބަންކޯއިން ވަނީ ނިންމާފައެވެ.

އާބަންކޯއިން ބުނީ ކުންފުނީގެ އެދުމަކީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންންސް އެހީވުމަށްޓަކައި ވީހާ ވެސް ގިނަ ބަޔަކު މި ހަރަކާތްތަކުގައި ބައިވެރިވުން ކަމަށެވެ.

މީގެ ކުރިންވެސް ފަލަސްތީނަށް އެހީވުމަށް އެހެން ޖަމީއްޔާ ޖަމަޢަތްތަކާއި މުޢައްސަސާތަކުން ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކުގައި އާބަންކޯއިން ވަނީ ބައިވެރިވެ، އަދި އިންތިޒާމުތައް ހަމަޖެއްސުމުގައި އެހީތެރިވެދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!