ޚަބަރު ސިޔާސީ

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން މިރޭ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ދަ ޑިމޮކްރެޓްސް އިން އިއްޔެ ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނު ކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

Ads by Sosun Fihaara

ޑިމޮކްރެޓްސް އިން މިކަން ހާމަކޮށްފައި މިވަނީ އެ ޕާޓީގެ ވަގުތީ ނަތީޖާ މިއަދު އިއުލާނު ކުރާނެ ކަމަށް ބުނެ އިއުލާނު ކުރުން ލަސްވެ، އާންމު މެމްބަރުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

އެގޮތުން އެ ޕާޓީން ދެންމެ ބުނީ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނު ކުރާނެ ކަމަށެވެ. އަދި ވަގުތީ ނަތީޖާ އިއުލާނު ކުރުން އޮންނާނީ ޑިމޮކްރެޓްސްގެ މައި އިދާރާގައި މިރޭ 08:00 ގައެވެ.

އިއްޔެ ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން 23 މަޤާމަކަށް ބޭފުޅުން އިންތިހާބު ކުރަން އިއްޔެ ވަނީ ވޯޓް ނަގާފައެވެ.

ދަ ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި އެ މަނިކުފާނުގެ ސިޔާސީ ފިކުރަށް ތާއީދު ކުރާ ފަރާތްތަކުން އިސްވެތިއްބަވާ އުފައްދަވާފައިވާ ޕާޓީއެކެވެ. އެ ޕާޓީ ރެޖިސްޓްރީކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!