ވިޔަފާރި

އެފްއެސްއެމްގެ ހުރިހާ ޕެޓްރޯލް ޝެޑެއް ނަމާދު ވަގުތަށް ބަންދު ކުރަން ފަށައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން
FSM, Petrol, Petrol Shed
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް. ދެން ފައިލް ފޮޓޯ

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ހުރިހާ ޕެޓްރޯލް ޝެޑެއް ނަމާދު ވަގުތަށް ބަންދު ކުރުން ހުއްޓާލާފައި އޮތް އޮތުން ދޫކޮށްލައި ނަމާދު ވަގުތުތަކުގައި ޕެޓްރޯލް ޝެޑުތައް ބަންދުކުރަން ފަށައިފިއެވެ.

Ads by STELCO

އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތައް ބަންދުކުރަން ފަށާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރާއެކު އެ ކުންފުންޏަށް ބަދަލުތަކެއް ގެނެސް ކުންފުނީގެ އާ އެމްޑީއަކަށް އިސްމާއީލް ސުހައިލް ހަމަޖައްސާފައި ވަނިކޮށެވެ.

އެފްއެސްއެމްގައި ކުރިންސުރެ އަމަލު ކުރަމުން އައި އުސޫލަކީ ނަމާދު ވަގުތަށް ޝެޑްތައް ބަންދު ކޮށްފައި ބެހެއްޓުން ކަމަށްވި ނަމަވެސް މިދިއަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޚިދުމަތް ދިނުން ނަމާދު ވަގުތުތަކަށް މެދު ކަނޑާލުން ހުއްޓާލާފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

އެނގިފައިވާ ގޮތުގައި އެ ކުންފުނީގެ އާ މެނޭޖްމެންޓުން މިހާރު ނިންމަވާފައި ވަނީ މިއަދުން ފެށިގެން ހުރިހާ ޕެޓްރޯލް ޝެޑެއްގެ ޚިދުމަތް ވެސް ނަމާދު ވަގުތަށް 20 މިނެޓަށް މެދުކަނޑާލުމަށެވެ.

އެފްއެސްއެމްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެފްއެސްއެމް އުފައްދާފައި ވަނީ 2000 ވަނަ އަހަރުގެ ޑިސެމްބަރު 18، ވަނަ ދުވަހުއެވެ. ފަސޭހައިން ތެޔޮ ފޯރުކޮށްދިނުމަށްޓަކައި މާލެ ސަރަހައްދުގައި އެފްއެސްއެމްގެ ހަތަރު ޕެޓްރޯލް ޝެޑެއް ޤާއިމުކޮށްފައި ހުރެ އެވެ.

Ads by Ooredoo
  1. ހުސޭނުބެ

    މީހުނަށް ހިދްމަތް ދޭތަންތަން ނަމާދަށް ބަންދު ކުރުމަށްވުރެން ކުޅިވަރު ކުޅޭ ދަނޑުތަކާއި ކޯޓްތައް ނަމާދު ވަގުތަށް ބަންދުކުރުން މާއައުލާކަން ބޮޑެއް ނޫން ހެއްޔެވެ؟ މިހިރަހުޅުމާލޭގައި ބޮޑުމިސްކިތާއި ޖެހިގެން މިއޮންނަ ވޮލީއާއި ބާސްކެޓް ކޯޓްގައި މަގްރިބާއި އިޝާ ވަގުތު ހުއްޓާނުލާ ކުޅެމުން އެލަވާ ހަޅޭކެތްވެސް ފެންނަ މީހަކު ނެތެވެ. މިސްކިތުގައި ނަމާދު ކޮއްލެވޭ ވަރެއް ނޫނެވެ. އާބަންކޯ އަކަށް ނަމާދު ވަގުތެއް ނާދެއެވެ.

    • ކޮންމެ މަސައްކަތަކީވެސް ނަމާދު ވަގުތަޢް ހުއްޓާލަންޖެހޭ މަސައްކަތް މީހެއްގެ ފުރާނަ ސަލާމަތް ކރުން ނޫން ހުރިހާ ވަގުތެއްގައިވެސް މިކަން ކުރަންޖެހޭނެ ހަޖަމު ނުާ ބަޔަކުވެސް އުޅޭނެ

  2. އަހުމަދު

    ސާބަސް އިނގޭ ️

  3. ހުސްވަޤުތު

    ޙުސޭނުބެ ބުނިފަދައިން މާލޭގެ ހުރިހާ ކުޅިވަރު ކުޅޭ ދަނޑު ތަކާއި ކޯޓްތަކުގައިވެސް ދެނަމާދޭ މިކިޔާ ވަޤުތު ތަކަކީ ، އިރުވައިމޫސުމްގައި ދޮންދޫނިއަރައިގެން،ކުޑައިރު ދޮންދޫނި ހިފަންއުޅޭ އުޞޫލޭ ބުނެވިދާނެ.. ނަމާދެއް ކެއުމެއް ބުއިމެއްނެތި އުޅޭނީ އިރުއޮށްސޭނެކަމަށް ދޮންދޫނިހިފަން.
    އަދި ސްކޫލު،މަދަރުސާތަކުންވެސް އެންމެގިނައިން ރާވާހިންގާ ގިނަޙަރަކާތްތައްވެސްފަށާނީ މަޣުރިބުނަމާދައްގޮވާވަޤުތު… އެއީވެސް ވިސްނަންވެޖެ ކަމެއް.

  4. ލަކުޑި ކަޅޭ

    ތީ ވަރައްރަނގަޅުކަމެއް އެކަމަކުކޮބާހޮޓާތަކުގެ ވޭޓަރުންގެ ޔުނިފޯމް މިހާރުހޮޓަލަކައްވަނަސް އެގަހުކޭލެއް މިގަހުކޭލެއްނޭންގެ