ޚަބަރު

21 އަހަރުގެ ހަމްދާ އެންމެ ބޮޑު އަގުލަބިއްޔަތަކުން ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި ވިމަން ޑިމޮކްރެޓްސް ލީޑަރު ކަމަށް މުޅި އިންތިޚާބުގެ އެންމެ ބޮޑު އިންސަތައަކާއެކު ފާތިމަތު ޙަމްދާ މުޙައްމަދު ކާމިޔާބުކޮށްފިއެވެ.

Ads by Sosun Fihaara

ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި 5،883 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެ އިންތިހާބުގެ ވޯޓުލުން ހެނދުނު 10:00 އިން 4:00 އާ ހަމައަށް ކުރިއަށްގެންދިޔައެވެ. ވޯޓްލާފައި ވަނީ 3،209 މެންބަރުންނެވެ. ވޯޓްލީ މީހުންގެ ނިސްބަތަކީ 54 ޕަސެންޓެވެ.

އެ އިންތިޚާބުގައި ހަމްދާއަށް 966 ވޯޓް ލިބިފައިވާއިރު, އެއީ ވޯޓް ލީ މީހުންގެ 74.54 އިންސައްތައެވެ. އޭނާއާ ވާދަކުރި އަޙްމަދު ޝިޔާމާއަށް ލިބިފައިވަނީ 330 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 25.46 އިންސައްތައެވެ.

ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަ ކުރެއްވި ހުސެއިން އަމްރަށް ލިބިފައިވަނީ, 1,497 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 45.17 އިންސައްތައެވެ. ރައީސް ކަމަށް ހޮވުނު ހަސަން ލަތީފަށް ލިބިފައިވަނީ, 1.817 ވޯޓެވެ. އެއީ 54.83 އިންސައްތައެވެ.

އިތުރު މަޤާމުތަކަށް ބަލާލާއިރު, ނައިބު ރައީސް (ޒުވާން) ކަމަށް ހޮވުނު ހުސެއިން ފިރުޝާނަށް ލިބިފައިވަނީ 1,971 ވޯޓެވެ. އެއީ 61.42 އިންސައްތައެވެ. އޭނާއަށް އެންމެ ގާތުން ވާދަކުރި އަޙްމަދު އަންސަރަށް ލިބުނީ 1,141 ވޯޓެވެ. މުޙައްމަދު އަލަންއަށް ލިބިފައިވަނީ 97 ވޯޓެވެ.

ނައިބު ރައީސް (އަންހެން) ހޮވިފައިވަނީ 62.2 އިންސައްތަ (2,046 ވޯޓް)އާއެކު އަލައިކާ އަދުނާނެއެވެ. ރީހާން ނާޒިމަށް ލިބިފައިވަނީ 37.72 އިންސައްތަ, 1,239 ވޯޓެވެ.

  1. އަޖާއިބު

    ހާދަ ބަޔަކު މަގުގެއްލިއްޖޭ

    • އުދަރެސް

      އެޑިޓުވެސް ކޮށްލާނަމަ ދޯ ޚަބަރެއް ލިޔެލާފަ. ޒުވާން ނައިބު ރައީސަކާއި އަންހެން ނައިބު ރައީސެއް. އަދި މަޤާމަކަށް ވާދަކޮށްގެން އެބައުޅޭ އަހްމަދު ޝިޔާމާއެއްވެސް.

  2. ދުއްލިސާ.

    ޕާޓީގެ މަގާމަކަށް ގެނަޔަސް ގައުމެއްގއ މަގާމަކަށް ތިއުމުރުގއ ކުދިން ވޯޓަކުން ގެނައުމަކީ މޮޔަކަމެކެވެ.

  3. އުދަރެސް

    އެޑިޓުވެސް ކޮށްލާނަމަ ދޯ ޚަބަރެއް ލިޔެލާފަ. ޒުވާން ނައިބު ރައީސަކާއި އަންހެން ނައިބު ރައީސެއް. އަދި މަޤާމަކަށް ވާދަކޮށްގެން އެބައުޅޭ އަހްމަދު ޝިޔާމާއެއްވެސް.

  4. އަބުދުﷲޝަައީދު

    ތިޔަ ހޯއްދެވިކާމިޔަބައް ދިއްފުށީ ގަތިއްބެވިޑިމޮކުރެޓިކުމެންބަރުންގެފަރާތުން ވަރައްހޫނުމަރުހަބާއެއް ކަމަނާއައްދަންނަވަންތިޔައީފިސާރިކަބަލުންނަކި

  5. ޕަސެންޓް

    3209 މީހުން ވޯޓްލީ އިންތިޚާބެއްގައި ޙަމްދާއަށް 966 ވޯޓް ލިބިގެން، ވޯޓުލީ މީހުންގެ 74.54 އިންސައްތަ ލިބޭނޭގޮތެއް ނޭނގުނު. �

  6. ސުކުން

    އޭނާ (ހަމްދާ) އާ ވާދަކުރި އަޙްމަދު ޝިޔާމާއަށް ލިބިފައިވަނީ 330 ވޯޓޯ. “އަޙްމަދު ޝިޔާމާ” އެއީ ފިރިހެނެއްތަ ނުވަތަ އަންހެނެއްތަ؟ “އަޙްމަދު” އަކީ ފިރިހެން ނަމެއް. “ޝިޔާމާ” އަކީ އަންހެން ނަމެއް. ފިރިހެނެއް ކަމުގައިވާނަމަ ލިޔާނީ، “އޭނާއާ ވާދަކުރި އަޙްމަދު ޝިޔާމަށް ލިބިފައިވަނީ 330 ވޯޓެވެ.” މިގޮތަށް.

  7. ސުކުން

    3209 މީހުން ވޯޓުލީއިރު، ރައީސްކަމަށް ކުރިމަތިލި 2 މީހުންނަށް 3314 (1497+1817) ވޯޓު ލިބުނޯ. މިއީ ވޯޓުލީކަމަށް ބުނެފައިވާ މީހުންގެ އަދަދަށްވުރެ ބޮޑު އަދަދެއް. ނައިބު ރައީސް (އަންހެން) ކަމަށް ކުރިމަތިލި 2 މީހުންނަށް ލިބުނުކަމަށް ބުނެފައިވާ ވޯޓުގެ ޖުމުލައަކީ 3285 (2046+1239). މިއީވެސް ވޯޓުލީ ކަމަށް ބުނެފައިވާ މީހުންގެ އަދަދަށްވުރެ ބޮޑު އަދަދެއް. މަގާމަކަށް އެކަކު ހޮވާއިރު، ވޯޓުލީ މީހުންގެ އަދަދަށްވުރެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ޖުމުލަ ގިނަވާނަމަ، އެ ހިސާބަކީ ރަނގަޅު ހިސާބެއް ނޫން. މިވަރު، މިކަން ކުރި ބަޔަކަށާއި މި ލިޔުނު މީހަކަށް ނޭނގުމަކީ، އެބައިމީހުންގެ ގަމާރުކަން.

  8. ހަރީރާ

    މާ ދެން އެއްޗެހި އެނގިގަނެގެން ކުކުޅަށްވުރެ ބިސް ދޮށިވެގެން އުޅޭ އަންހެނެއް!

  9. ޥައވަ

    ޙޮޓް މަންޖެ އެއް

  10. ބޮޑުބަޑި

    ސީދާ ތިކަމާ އުޅެން ސަމާލުކަން ހޯދަން ފާޑުފާޑު ޕޯސްޓުކުރީ. ދެން ދެފައިދެގޯޅިން ކެންޕޭނުކުރީ. ބަޑި ގޮލައެއް