ޚަބަރު ސިޔާސީ

ޑިމޮކްރެޓްސްގެ އިންތިޚާބުގައި މެންބަރުންނަށް ވުރެ ވޯޓު އިތުރުވުމުން ބައެއް ނަތީޖާތައް ބާތިލުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދަ ޑިމޮކްރެޓްސްއިން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެތެރޭގެ އިންތިޚާބުގެ ބައެއް ވޯޓުފޮށިތަކަށް ވޯޓު ލާން ޖެހޭ މީހުންގެ އަދަދަށް ވުރެ އިތުރަށް ވޯޓު ލާފައި ހުރުމުން، އެ ވޯޓުފޮށިތަކުގެ ނަތީޖާތައް ބާތިލުކުރުމަށް ފަހު އަލުން ވޯޓުލާން ނިންމައިފިއެވެ.

Ads by STELCO

ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވީ އެކަން އެހެން ދިމާވީ ޒުވާނުން ތިބި އަދަދަށްވުރެ ގިނައިން ވޯޓު ކަރުދާސް ދޫކުރެވިފައިވާތީ ކަމަށެވެ.

“އަޅުގަނޑުމެންގެ ފަރާތުން ދިމާވި ކަމަކުން ތަންކޮޅެއް ގިނަ އަދަދަކަށް، އެއީ ޒުވާނުން ތިބި އަދަދަށްވުރެ ގިނައިން ވޯޓު ކަރުދާސް ދޫކުރެވިފައިވާތީވެ ވީކަމެއް” އާޒިމް ވިދާޅުވިއެވެ.

ބާތިލު ކޮށްފައިވާ ވޯޓުފޮށިތަކުގެ ތެރޭގައި ހިމެނެނީ ބ. ގޮއިދޫ، ބ. ކުޑަރިކިލު، ގދ. ގައްދޫ، ހއ. ހޯރަފުށި، ހދ. ނޭކުރަންދޫ، ރ. އަލިފުށި، ށ. މާއުނގޫދޫ، ތ. ކިނބިދޫ، ހދ. ނޮޅިވަރަމް، ނ. މިލަދޫ، ބ. މާޅޮސް، ބ. ދަރަވަންދޫ، ބ. ފެހެންދޫ އަދި ނ. މާފަރުގެ ވޯޓި ފޮއްޓެވެ.

އާޒިމް ވިދާޅުވީ އަދި ވޯޓު ލާނެ ވަކި ތާރީޚެއް ހަމަނުޖެހޭ ކަމަށާއި ވަކި ތާރީޚެއް ކަނޑައެޅުމަށް ފަހު އަންގާނެ ކަމަށެވެ.

ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި 5،883 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެ އިންތިހާބުގެ ވޯޓުލުން ހެނދުނު 10:00 އިން 4:00 އާ ހަމައަށް ކުރިއަށްގެންދިޔައެވެ. ވޯޓްލާފައި ވަނީ 3،209 މެންބަރުންނެވެ. ވޯޓްލީ މީހުންގެ ނިސްބަތަކީ 54 ޕަސެންޓެވެ.

Ads by Ooredoo
  1. ފޭކުޕާޓީއެއް.

  2. ފަލަކު

    މިވީހާތަނަށް ދުވަހަކުވެސް ނެތް ހެވާލާ ކަމެތް ކޮއްފައެތް އެތިބީ ހަމަބުއްދި ފޯރާވަރުނުވަނީސް އަންގަފަޅާފާ

  3. ެައަބްދޫ

    އަބަދުވެސް ބޭރާ އެތެރޭގަވެސް މަކަރު