ޚަބަރު ސަރުކާރު

މަސްވެރިންނަށް މިރޭ 106 މިލިއަން ރުފިޔާ ދެވޭނެ އިންތިޒާާމް ހަމަޖައްސައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މަސްކިރާފައި ފައިސާ ލިބުން ލަސްވާ މައްސަލަ ޙައްލު ކުރުމަށް މިރޭ މަސްވެރިންނަށް 106 މިލިއަން ރުފިޔާ ދެވޭނެ އިންތިޒާމް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

Ads by Sosun Fihaara

މަސްވެރިކަމާއި ބެހޭ ވަޒީރު މިކަން ހާމަކުރައްވައި، އެކްސްގައި ވިދާޅުވީ، މިވަގުތު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވާ ލަސްވުން ކަމަށެވެ.

"މަސްވެެރި އާއިލާތަކުގެ ޒަރޫރީ އެތައް ކަމަކަށް މިލަހުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައި. ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުން. އެކަމަށް ހުރި ހިރާސްތައް ނައްތާލެއްވުމުގެ މަސައްކަތްޕުޅު ބާރަށް ކުރިޔަށް އެބަގެންދަވާ. 106 މިލިއަން ރުފިޔާ މިރޭ މަސްވެރިންނަށް ދެވޭނެ އިންތިޒާމުވެސް މިހާރުވަނީ ރައީސް ހަމަޖައްސަވާފައި."

ޝިޔާމް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދާއިމީ ޖުމްލަ ހައްލެއް މިކަމަށް ހޯދުން ކަމަށެވެ.

މަސްވެރިންނަށް ފައިސާ ނުދޭތާ ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ނުދީހުރި ފައިސާގެ ތެރޭން 30 މިލިއަން ރުފިޔާ މި ސަރުކާރުން ވަނީ ފުރަތަމަ ހަފްތާގައި ދީފައެވެ.

Ads by HDC
  1. މުނާފިގެކޭ

    މުއިއްޒު އަކީ މުނާފިގެކޭ މުއިއްޒު އަކީ މުނާފިގެކޭ މުއިއްޒު އަކީ މުނާފިގެކޭ މުއިއްޒު އަކީ މުނާފިގެކޭ މުއިއްޒު އަކީ މުނާފިގެކޭ މުއިއްޒު އަކީ މުނާފިގެކޭ މުއިއްޒު އަކީ މުނާފިގެކޭ މުއިއްޒު އަކީ މުނާފިގެކޭ މުއިއްޒު އަކީ މުނާފިގެކޭ މުއިއްޒު އަކީ މުނާފިގެކޭ މުއިއްޒު އަކީ މުނާފިގެކޭ މުއިއްޒު އަކީ މުނާފިގެކޭ މުއިއްޒު އަކީ މުނާފިގެކޭ

  2. ބަލާތި

    ފުށިދިއްގަރު ފަޅު ހިއްކުން ބަޖެޓުން އުނިކުރުން އެއީ މުއިއްޒު މެން އަޑީގައި ތިބެގެން ރައްޔިތުންގެ ވިންދާއި އިހްސާސް އާއި އެއްގޮތަށް ވެރިކަން ކުރި ދީލަތި ރައީސްއިބޫ ރައްޔިތު ފަކީރުންނަށް ހެޔޮހިތުން ދިއްކޮށްލި ފްލެޓް ވެސް އޭސީސީގައި ތިބި ވަގުންނާއި ގުޅިގެން ފޭރިގަތީމައޭ ބަލަންތިބޭތި އެންމެ ވަޒީރަކަށް ވެސްރުހުންނުލިބޭނެ މަޖްލީހުން ސަބަބަކީ އެމްޑީޕީވެރިކަމެއްގައި ޕީޕީއެމް ވަޒީރުންނަށް ވޯޓްދީ ރުހުންދިނުން އެއީ އަމިއްލަ އަށް ކަނޑަށް ފުންމާލާ އަރަގުވުމޭ