އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް އިންޑިއާއިން ފިޔާ ބޭރު ކުރުން މަނާކޮށްފި

ރާއްޖެ އަށް އެންމެ ގިނައިން ފިޔާ ގެންނަ އިންޑިއާ އިން ވަގުތީ ގޮތުން ފިޔާ ބޭރުކުރުން މަނާކޮށްފިއެވެ.
ންޑިއާގެ ނޫސްތަކުން މިއަދު ރިޕޯޓު ކޮށްފައިވާ ގޮތުގައި, މިއަދުން ފެށިގެން އެ ގައުމުން ފިޔާ އެކްސްޕޯޓު ކުރުން މަނާކަން އެ ގައުމުގެ ޑިރެކްޓާ ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) އިން ވަނީ އިއުލާނުކޮށްފައެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނީ، އެއީ އަންނަ އަހަރު ބާއްވާ އެ ގައުމުގެ ލޮކް ސަބާ އިންތިހާބާ ގުޅިގެން އިންފްލޭޝަން ދަށްކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އެގޮތުން މާރިޗް މަހުގެ 31 ވަނަ ދުވަހާ ހަމައަށް އިންޑިއާއިން ފިޔާ ބޭރުކުން ވަނީ މަނާކޮށްފައެވެ. އިންޑިއާ އިން ވަނީ ހަނޑުލާއި ބާސްމަތީ ނޫން ހުދު ބަތް އެކްސްޕޯޓް ކުރުން ވެސް މަނާކޮށްފައެވެ.




ކޮމެންޓް