ޚަބަރު

ކުޅުދުއްފުށީ ސިޓީން 17 މީހަކު ވަނީ ފައިލޭރިއާއަށް ފައްސިވެފައި: އެޗްޕީއޭ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކުޅުދުއްފުށި ސިޓީން ރާއްޖޭން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާ ޖެހިފައިވާ 17 މީހަކު ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Ads by STELCO

އެޗްޕީއޭ އިން މިހެން ބުނެފައި ވަނީ މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ، ބިދޭސީންގެ ހެލްތު ސްކްރީނިން ކެމްޕޭނުގެ ތެރެއިން ފައިލޭރިއާ ޖެހިފައިވާ ބަޔަކު ފެނިފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މިއަދު ބުނެފައި ވަނިކޮށެވެ.

މިކަމަށް އިޝާރާތްކޮށް އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނުގައި ބުނީ، އެ ސިޓީން ފައިލޭރިއާ އަށް ފައްސިވެފައިވާ ފަރާތްތަކަކީ ފައިލޭރިއާ މިހާރު ވެސް ފެންނަމުންދާ ނުވަތަ "އެންޑެމިކް" ސަރަހައްދުތަކުން އައިސްފައިވާ ފަރާތްތައް ކަމަށެވެ.

އެހެންކަމުން އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް އެޗްޕީއޭގެ ލަފާގެ މަތިން ކުޅުދުއްފުށީ ހޮސްޕިޓަލުން ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ އެޖެންސީން ބުނެފައި ވެއެވެ.

ހަމަ އެހެންމެ މިހާތަނަށް ކުރެވުނު ޓެސްތްތަކުން 17 މީހަކު ފައިލޭރިއާއަށް ފައްސިވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ، މިހާތަނަށް ފައްސިވި މީހުންގެ ބަލި ހުރިތޯ ޔަގީން ކުރުމަށް އިތުރު ޓެސްޓް ހެދުމާއި ޓެސްޓުން ފައްސިވާ މީހުންނަށް ދޭންވާ ފަރުވާގެ ކަންކަން އިންތިޒާމު ކުރެވެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މިއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ.

ފައިލޭރިއާއަކީ އާންމުކޮށް ކިއުލެކްސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ، މި މަދިރި އުފެދި އާލާވަނީ އާންމުކޮށް ހަޑި ފެނުގައެވެ. ފައިލޭރިއާ ޖެހުމަށްފަހު އެތައް ދުވަހެއް ވަންދެން ބޭރަށް އަލާމާތެއް ނުފެނި ހުރެދާނެއެވެ. އެހެން ނަމަވެސް ދިގު މުއްދަތަކަށްފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުން، ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެއެވެ. މި ބަލީގެ އެންމެ އާންމު އަލާމާތަކީ ފައި ދުޅަވުމެވެ.

Ads by Allied Insurance
  1. Great information shared.. really enjoyed reading this post thank you author for sharing this post .. appreciated