ކިލޯއެއް 20 ރުފިޔާއަށްވުރެ ބޮޑު ނުކޮށް ވިއްކަން ޝަރުތުކޮށް އެސްޓީއޯއިން ފިޔާ ހޯލްސޭލް ކުރަނީ
ރާއްޖޭގެ މާކެޓްގައި ފިޔާގެ އަގު ބޮޑު ތަނުން އުފުލިފައިވުމުން, އެކަމަށް ހައްލެއް ގެނައުމަށް އެސްޓީއޯއިން ފިޔާ ޝިޕްމެންޓެއް ރާއްޖެއަށް ގެނެސްފިއެވެ,
ރާއްޖޭގައި ފިޔާގެ އަގު އުފުލިގެން ދިިޔައީ އިންޑިއާއިން ފިޔާ ބޭރު ކުރުން މަޑު ޖައްސާލަން އެ ޤައުމުން ނިންމުމާ ގުޅިގެންނެވެ. ނަަމަވެސް މި ނިންމުމުގެ އަސަަރު ރާއްޖެއަށް ކޮށްފައެއް ނުވެއެވެ. ބާޒާރުގައި ފިޔާގެ އަގު ބޮޑުކޮށްފައިވަނީ އެ ނިންމުމުގެ ސަބަބުން ނޫން ކަމަށް އިޤްތިޞާދީ ވުޒާރާއިން ވެސް ވަނީ ހާމަކޮށްފައެވެ.
އެސްޓީއޯ އިން މިއަދު މީޑިއާތަކާ ހިއްސާކުރި ނޯޓެއްގައި ވިދާޅޔޗީ, އެސްޓީއޯ ވުޖޫދުވުމުގެ މައިގަނޑު އެއް އަސްލަކީވެސް އާއްމު ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން ކަމަށްވީހިނދު، އަދި އަސާސީ ކާބޯތަކެތަކެތި އެތެރެކުރުމުގައި ރާއްޖެއަށް ހުރަހެއް ނެތްކަން ސަރުކާރުން ކަށަވަރުކޮށްދެއްވާފައިވާފަދައި ޢާއްމުންގެ ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމަށް އެސްޓީއޯއިން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
މިގޮތުން ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކުރުމަށް އެސްޓީއޯއިން ވަނީ ފިޔާ އެތެރެ ކުރަން ފަށާފައެވެ. ފުރަތަމަ ޝިމްޕްމަންޓުގެ ގޮތުގައި 4500 ބަސްތާގެ ފިޔާ އެސްޓީއޯއިން ވަނީ އެތެރެކޮށްފައެވެ..
އެސްޓީއޯއިން ވިދާޅުވީ, އެތެރެކުރެވޭ ފިޔާ އާއްމުންނަށް ވިއްކާނީވެސް އާންމު ވިޔަފާރިތަކުން ކަމަށެވެ. ވިޔަފާރިތަކަށް ފީޔާ ދޫކުރާނީ އެއްޓީއޯއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަގަށްވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށް ޝަރުތުކުރުމަށް ފަހުއެވެ.
އެސްޓީއޯއިން އިލްތިމާސް ކޮށްފައިވާނީ ފިޔާ ކިލޯއެއްގެ އަގު 20ރ އަށްވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށެވެ.
ބާޒާރުގެ އަގު ކޮންޓޮރޯލްވަންދެން އެސްޓީއޯއިން ރާއްގޭގެ ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައި ފޯރުކޮއްދޭނެއެވެ.