ފުށިދިއްގަރުފަޅު, ރަސްމާލެއާއި އެންމެ ކައިރީގައި އޮތް ފަޅުގައި އެއަރސްޓްރިޕެއް ޤާއިމު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު ފައްޓަވައި ދެއްވަން އެ ފަޅުގައި އޮތް ބާޖެއްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ފުށިދިއްގަރު ފަޅުގައި ތަރައްޤީ ކުރާ ސަހަރު ރަސްމާލެ ބިންހިއްކުމުގެ މަޝްރޫޢު މިއަދު ފަށާފައިވާ ކަން ހާމަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ އެ މަޝްރޫއާއެކު މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ޒަމާންތަކެއް ވަންދެން ދިމާވަމުން ދިޔަ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.
މިރަށް ތަރައްޤީ ކުރާނީ އިންޓަނޭޝަނަލް މިންގަނޑުތަކުން ބަލައިގެން ސޭފް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅޭ އުސްމިނަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލެއާ މާލެއާ ދެމެދު ޤާއިމުކުރާނެ ފެރީގެ ނިޒާމަކީވެސް ކަނޑުގެ ރާޅުގެ އުނދަގޫ ކުޑަވާގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އެކްސްޕްރެސް ފެރީތަކަކަށް ވާނެކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ހަމަ އެހެންމެ ރަސްމާލެ ވެގެންދާނީ އެކިކަހަލަ ވިޔަފާރިއާ އާމްދަނީގެ ފުރުޞަތުތައް އޮންނަ ގެދޮރުގެ އަދި ވަޒީފާގެވެސް މަންޒިލަކަށްކަމުގައި ރައީސް ވިދާޅުވިއެވެ.
މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އުނދަގޫ ނުވާނެ ގޮތަށް ފުށިދިއްގަރާ އެންމެ ކައިރީ އޮތް ފަޅުގައި އެއަރ ސްޓްރިޕެއް ޤާއިމުކޮށް އެތަން ރަސްމާލެއާ ގުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިތަން ތަރައްޤީވެގެން ދާނީ އާމްދަނީގެ ފުުރުސަތުތަކާއި ވިޔަފާރީގެ ފުރުސަތުއް ލިބޭ ވަޒީފާ އަދި ގެދޮރުގެ މަންޒިލަކަށް ވެގެން ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ފުށި ދިއްގަރު ފަޅުން ސަރުކާރުން ހިއްކަން ނިންމާފައި ވަނީ 1153 ހެކްޓަރު ބިމެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގައި މިއަދު ހިއްކަން ފަށާފައި ވަނީ 29 ހެކްޓަރުގެ ބިމެވެ. މިއީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
ރައީސް މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހާމަކުރައްވާފައިވާ ގޮތުން ފުށިދިއްގަރުފަޅުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ޤާއިމުކުރެވޭނެއެވެ.
ފުށިދިއްގަރު ފަޅު ހިއްކުން ކުރިއަށް ބާރަށް ގެންދަންވީ ހަމައެކަނި ފުށި ދިއްގަރު ފަޅު ހިއްކައިގެން ހައްލު ނުގެނެވޭނެއޭ އަވަހަށް އެމްޓީސީސީ އަށް ކުރިއަށް އޮތް 100 އަހަރަށް ގާފަރު ފަޅުދީ އެފަޅު ހިއްކަން ފަށަންވީ އެފަޅުން ނެގޭނެ މާލެ ސައިޒުގެ 1000 މާލެ ދެން 1000 މާލެ ހިއްކާލާ ކޮންމެ މާލެއަކުން 1 ހެކްޓަރުގެ ބިން 10 މިލިއަން ޑޮލަރަށް ވިއްކާލާނީ 100 އަހަރަށް އެއިރުން އެބިން ތަކުގައި އިންޑަސްޓްރިއަލް މަސައްކަތް ކޮށް ވާރޓިކަލް ފާރމިންގް ފެށުމުން ދެން ރާއްޖެ އިންޑިއާ އާއި ނުލައި އުޅެވޭނީ
ސަރުކާރުގެ ވިސްނުން ނެތް ގާފަރު ފަޅުގަ އެއްވެސް ކަމެއް ކުރާކަށް