ޚަބަރު

އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުށް މީހަކު ހޯދަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން
އައްޑު ސިޓީ.. ފޮޓޯ/ވަގުތު އޮންލައިން

އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގެ ތަހުޤީޤަށް ފުލުހުންގެ ބޭނުމަށް އެ އެކްސިޑެންޓުގެ މަންޒަރު ދުށް މީހަކު ހުރިތޯ ބަލަން އިއުލާން ކޮށްފިއެވެ.

Ads by STELCO

މި މަހުގެ 11 ވަނަ ދުވަހުގެ 16:28 ހާއިރު އައްޑޫ ސިޓީ ހިތަދޫ، މެދެއާރި މަގާއި ޝަރަފުއްދީން މަގު ގުޅުނު ހަތަރު އަނގޮޅިން ހިނގި މި އެކްސިޑެންޓް ވެފައި ވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަންއިން 83 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

މި އެކްސިޑެންޓުގައި އޭނާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާދެމުން ދާކަަމަށްވެސް ފުލުުހުން ބުނެފައި ވެއެވެ.

ފުލުހުން ވަނީ މި އެކްސިޑެންޓުގެ މަންޒަރު ދުށް އެއްވެސް މީހަކު ހުރި ނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުމަށް އެދިފައެވެ.

Ads by Ooredoo
  1. ކޮސްމީހާ

    ފޮލިސް ކަމަތި އެކަމް ޕޮލިހުންގެ ކެމެރާ ނެތީބާ

  2. ކޯރުމަސް

    ކޮބާ!ސީސީ ޓީވީ ކެމެރާ އން ބޮޑީ ކެމެރާ