ޚަބަރު ސަރުކާރު

ސަރުކާރުގެ މަޝްވަރާއެއްނެތި މުސާރަ ބޮޑުކުރަން ނިންމީ ނަފްރަތު އުފައްދަން: ޝަހީބު

ޙައްވާ އިނާޝާ ، ދެން އޮންލައިން

ސަރުކާރުގެ އެއްވެސް މަޝްވަރާއެއް ނެތި ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމީ ސަރުކާރާމެދު ނަފްރަތު އުފައްދަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝަހީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ އެމްޑީޕީގެ އަޣްލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑު ކުރުމަށް އިއްޔެ ފާސްކޮށްފައިވާތީއެވެ.

އެގޮތުން ޝަހީބު ވިދާޅުވީ ރައީސް އާއި ނައިބު ރައީސްގެ މުސާރަ ބޮޑުކުރަން ކޮމިޓީއަކުން ނިންމީ ރައީސްގެ އެދިވަޑައިގަތުމަކާ ގުޅިގެން ނޫން ކަމަށެވެ.

ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާ ނުލައި މިފަދަ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅުގައި ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކަމަށްވެސް ޝަހީބު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މުސާރަ ބޮޑު ކުރަން ނިންމި ނިންމުން އެއީ ރައީސް ތާއީދުކުރައްވާ ނިންމުމެއްވެސް ނޫން ކަމަށް ޝަހީބު ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance
  1. The uPVC fittings produced by Elitepipe Plastic Factory are highly resistant to corrosion, providing reliable and maintenance-free solutions for plumbing and irrigation systems. Elitepipe Plastic Factory