ރައީސް ޑރ. މުޙައްމަދު މުއިއްޒު، ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފު އާއި ވެސް މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންދިޔައީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައެވެ.
ރައީސް އޮފީހުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް އާއި ޙަސަން ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމު ކުރައްވައިފައެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ރައީސް މުޢިއްޒު މިއަދު ވަނީ އިތުރު ތިން ސިޔާސީ ޕާޓީގެ ލީޑަރުންނާއި ބައްދަލުކުރައްވައިފައެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމާއި އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ސިޔާމް މުޙައްމަދާ ވެސް ބައްދަލު ކުރައްވައިފައިވެއެވެ.
ސަރުކާރު އިސްތިއުފާ ހުރިހާ ވަޒީރުން ނަށް ރުހުން ނުދީ އެންމެން ބޭރުކުރޭ ފުށިދިއްގަރު ފަޅު ހިއްކަނީ އެއީ ބޮޑު ކަޓް ލަންކާ ކުންފުނިން ދިނުމުން އެކުންފުންނަށް ދީގެންނޭ އެމްޑީޕީ އާއި އެމްއެންއެފް ގުޅިގެން ވަޒީރުންނަށް ރުހުން ނުދީ ގަނޑުކޮށް ވޯޓަށް އަހާ ހުރިހާ ވަޒީރުން ބޭރުކުރާށޭ އެއިރުން ސަރުކާރުން އެމްޑީޕީ ފައި ބުޑަށް ވެއްޓި އާދޭސް ކުރަން ފަށާނެއޭ އެއީ ޔަގީން ކަމެކޭ އެކަން ކުރާށޭ ޖޭޕީ އެއީ ދެން ކޯއްޗެއްތޭ ގާސިމް ދަށު ކިބަ ވެސް އޭނާ އަށް ވޯޓްނުލާދޯ