ޚަބަރު

މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ތަރައްޤީގެ ލަނޑުދަނޑިއެއް ނޫން: ރައީސް މައުމޫން

ރައުފާ ރަޝީދު ، ދެން އޮންލައިން

މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ތަރައްޤީގެ އުސް ލަނޑުދަނޑިއެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވީ މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީޢަތުގައި ވަކި ހަމަތަކަކާ އުޞޫލު ތަކެއްގެ މަތިން ކުރަން އޮންނަ ކަމެއް ކަމަށެވެ. އެމައްސަލައާ ބެހޭ ލިޔުމެއް މިއަދު ޝާއިޢު ކުރާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

“ޙުކުމް ތަންފީޒު ކުރުމަކީ ޤައުމީ ތަރައްޤީގެ އުސް ލަނޑުދަނޑިއެއް ކަމެއް ނުދެނަހުރިން. ވަރަށް މާފު” ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން މިފަދައިން ވިދާޅުވީ މިސަރުކާރުން މަރުގެ ޙުކުމް ތަންފީޒުކުރަން ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވުމާއި ގުޅިގެންނެވެ.

އިޙުސާން ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމަކީ މި ސަރުކުން ކުރަން ނިންމާފައިވާ މަސައްކަތެއްކަމަށެވެ. ނަމަވެސް، އެކަމާއި ގުޅިގެން ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށާއި، އެ ކަންކަން ސަރުކާރުން ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަރުގެ އަދަބު ތަންފިޒްކުރުމުގެ ކަންކަން ކުރާނި ޤާނޫނާއި ޤަވާއިދުގެ ތެރެއިންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

  1. އަލީ ބިން ޔޫސުފް

    މި ދިވެހި ރާއްޖޭގެ އެތަށް ބަޔަކު މަގު ފުރެއްދުމުގެ މޭސްތިރިއަކީ މީނައެވެ. މުޅި އުމުރު އެހުސްކޮއްލަނީ އަންހެނުން އޮރިޔާން ފިލުވިޔަ ނުދީ މި ގައުމުގައި ﷲ ގެ ހުކުމް ގާއިމުވެ ނުދީއެވެ. މަސްތުވާ ތަކެތީގެ ޖީލެއް މީނަ އުފަން ކުރުވިޔެއެވެ.