ޚަބަރު ސިޔާސީ

ނާއިޝް ހޯދުމުގެ މަސައްކަތުގައި ސަރުކާރުން އިޙްމާލުވަމުންދާ ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުންފާޅުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
އަލިމަސް ކާނިވާާ ސަރަހައްދުގައި ކުރިއަށްދާ އުފާވެރި މާާލެ ޖަލްސާގެ ތެރެއިން | ފޮޓޯ: އެމްޑީޕީ

މި މަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ސ. މަރަދޫ، ކުރެދުމާގޭ، މުހައްމަދު ނާއިޝް ހޯދުމުގެ މަސައްކަތުގައި ސަރުކާރުން އިޙްމާލުވަމުންދާ ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުންފާޅުކޮށްފިއެވެ.

Ads by Sosun Fihaara

އެމްޑީޕީން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ޒުވާނަކު ގެއްލި 72 ގަޑިއިރު ފާއިތުވެގެންދިޔައިރު ވެސް ދައުލަތުގެ އިދާރާތަކުގެ ބެލުމުގައި ދަށުގައި ހުރި ހުރިހާ ވަސީލަތްތަކެއް އެ ޒުވާނާ ހޯދުމަށް ބޭނުން ނުކުރުމަކީ އެ ޕާޓީން ދެކޭ ގޮތުގައި އިންތިހާއަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

އަދި އެކުވެރި ގައުމުތަކާ އެކު އޮންނަ ގުޅުންތަކުގެ ތެރެއިން ޒަމާނުއްސުރެ ރާއްޖެއިން މިފަދަ އޮޕަރޭޝަންތަކުގައި އެހީތެރިކަން ހޯދާއިރު މިއަދު ރާއްޖޭގައި އެފަދަ ފަންނީ ގާބިލުކަމާއި ވަސީލަތްތައް ލިބެން ހުރެމެ, އެ ވަސީލަތްތައް ބޭނުން ނުކުރުމަކީ އެ ޕާޓީގެ ފަރާތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

“ ރާއްޖޭގެ ސިފައިންނާއި ބޭރު ގައުމުތަކާ އެކު ގުޅިގެން ކުރިއަށް ގެންދިޔަ މިފަދަ 1،996 އޮޕަރޭޝަނެއްގައި 3,452 މީހުން ސަލާމަތް ކުރެވިފައި ވުމަކީ މި ދެންނެވި ވަސީލަތްތައް ބޭނުންކުރުމުން އޮޕަރޭޝަންތަކުގެ ކާމިޔާބީގެ ރޭޓު މަތިކަން ހާމަކޮށްދޭ ކަމެއް” އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ އިދާރާތަކުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގޭނެ ވަރަށް ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ފުރިހަމަ ނުވަނީސް އެ ވަސީލަތްތަކާއި ފަންނީ ލަފާ އޮޕަރޭޝަންތަކުގައި ބޭނުން ނުކުރުމަކީ އެ އޮޕަރޭޝަންތައް ކާމިޔާބު ކުރަން ދަތިވާނެ ކަމެއް ކަމަށެވެ.

އަދި ދިވެއްސެއްގެ ފުރާނައަށްވުރެ ސިޔާސީ އެޖެންޑާއެއް އިސްކުރުމަކީ އެ ޕާޓީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި ނާއިޝް ހޯދުމުގެ އޮޕަރޭޝަނުގައި މި ވަގުތު ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފުމަށް ސަރުކާރަށް ގޮވާލާ ކަމަށް އެ ޕާޓީން ވިދާޅުވިއެވެ.

Ads by Ooredoo
  1. ވަގުންނޭ

    އެމްޓީސީސީ ގެ ޑްރެޖަރު ބޭނުންކޮށްގެން ފުށިދިއްގަރު ފަޅު ހިއްކާއިރު ދެން އެއްވެސް މެޝިނަރީ އެއް އަދި ވެހިކަލެއް ވެސް ނެތް އަދި ފައިސާ އެއްވެސް ނެތް ލަންކާ ކުންފުންނެއް ނަމުގައި ފުށިދިއްގަރު ހިއްކާ ކަމަށް ސަރުކާރުން ބުނަނީ ހަގީގަތުގައި ތިޔާ ފަޅު ހިއްކަނީ އެމްޓީސީސީންނޭ ދެން ލަންކާކުންފުންޏަށް ހުޅުމާލޭން 100 ހެކްޓަރުގެ ބިން ހިލޭ ދޭންޖެހެނީ ކިއެއްވެތޭ މީ ސީދާ މުއިއްޒު ސަރުކާރުން މަޖްލީހުގެ އިންތިޚާބަށް ލަންކާ ކުންފުނިން 250 މިލިއަން ޑޮލަރުހޯދަން ކުރާ ބޮޑު ވައްކަމެކޭ ވަގުންނޭ ވަގުންނޭ މިބަެި އެބަ އަޅާ ދަ ޑިމޮކްރެޓްސް އަދި ޖޭޕީ އަށް ވެސް ދަ ޑިމޮކްރެޓްސް އަށް 75 މިލިއަން ޑޮލަރު ގާސިމަށް 60 މިލިއަން ޑޮލަރު އެބަދޭ މަޖްލީހުގައި ވަޒީރުންނަށް ވޯޓް ހޯދްން ވެގެންނޭ ވަގުންނޭ ވަގުންނޭ

  2. ބަލާތި

    ފުށިދިއްގަރު ފަޅުހިއްކާ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން ލަންކާ ކުންފުންނާއި އެކު ވެފައިވާ އެއްބަސްވުން ހާމަ ކުރުމަށްޓަކައި އެއެއްބަސްވުން ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަންވީ ނޫންތޭ އެއިރުން ސަރުކާރަށް ވަގަށް ގޮވަމުން މިކަމުގައި މިދާ ދިއުމަށް ހުއްޓުން އަންނާނެ ނޫންތޭ ވަގުންނޭ ވަގުންނޭ ވަގުންނޭ

  3. ދަންނާށޭ

    ފުށިދިއްގަރު ފަޅުހިއްކުމުގެ ވާހަކަ ސަރުކާރުން ފުއްޕާފައި ދައްކާއިރު ރައްޔިތުންގެ %95 އެބުނަނީ ލަންކާ ކުންފުނިން އެއްވެސް މަސައްކަތެއް ނުކުރާއިރު އެމެންނަށް ހުޅުމާލޭ 100 ހެކްޓަރުގެ ބިން ހިލޭދީގެން އެބިންތައް އިންޑިއާ ކުންފުނި ތަކަށް ވިއްކާލައިގެން ލިބޭ ފައިސާގެ %95 ކަޓްގެ ގޮތުގައި މުއިއްޒަށް ލިބޭ ގޮތް ހެދުން އެއީ ހަމަ ހަގީގަތުގައިވެސް ސަރުކާރުން ކުރަމުންދާ ވައްކަންތޭ ވައްކަން ނުކުރާނަމަ އެމްޓީސީސީގެ ކޮންނަބޯޓް ލަންކާ ކުންފުނިން ބޭނުން ކުރަނީ ކިއެއްވެތޭ މުއިއްޒު އެއުޅެނީ ރާއްޖެ ދެވަނަ ފަކަސްތީނަށް ބަދަލުކުރާށޭ އެކަން ދަންނާށޭ

  4. ދަންނާތި

    ފުށިދިއްގަރު ފަޅުހިއްކުމުގެ ވާހަކަ ސަރުކާރުން ފުއްޕާފައި ދައްކާއިރު ރައްޔިތުންގެ %95 އެބުނަނީ ލަންކާ ކުންފުނިން އެއްވެސް މަސައްކަތެއް ނުކުރާއިރު އެމެންނަށް ހުޅުމާލޭ 100 ހެކްޓަރުގެ ބިން ހިލޭދީގެން އެބިންތައް އިންޑިއާ ކުންފުނި ތަކަށް ވިއްކާލައިގެން ލިބޭ ފައިސާގެ %95 ކަޓްގެ ގޮތުގައި މުއިއްޒަށް ލިބޭ ގޮތް ހެދުން އެއީ ހަމަ ހަގީގަތުގައިވެސް ސަރުކާރުން ކުރަމުންދާ ވައްކަންތޭ ވައްކަން ނުކުރާނަމަ އެމްޓީސީސީގެ ކޮންނަބޯޓް ލަންކާ ކުންފުނިން ބޭނުން ކުރަނީ ކިއެއްވެތޭ މުއިއްޒު އެއުޅެނީ ރާއްޖެ ދެވަނަ ފަކަސްތީނަށް ބަދަލުކުރާށޭ އެކަން ދަންނާށޭ

  5. ވަގުންނޭ

    ސޯލާ ބިޔަ ޕްރޮޖެކްޓޭ ކިޔާ މިސަރުކާރުން ވާހަކަ ދައްކަނީ އެއީ ސީދާ މުއިއްޒު ޖައްސާ ޕީއާރު ސްޓަންޓެކޭ ތިޔާ ގޮތަށް ސޮނެވާ ސޯނޫ ވެސް ސޯލަރ ޖަހާ އެކަމަކު އޭނާގެ ރިސޯރޓްގައި ބަހައްޓާ އިންޖީނުތައް ކުރަނީ ބޮޑު ކުޑައެއް ނުކުރޭދޯ މިއިން އިނގެނީ ސޯލަރ ޖަހައިގެން ސަލާމަތްވާ ތެޔޮލީޓަރެއް ނެތްކަމޭ މީހަމަ ސީދާ ދަ ހޯކްސް މީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކޭ މިދައްކަނީ ސޯލަރ އަކީ އެއްގޮތަކަށް ވެސް ތެޔޮ އަންދާ ވަރު މަދުކޮށްދޭ ކަމެއް ނޫން ކަން ވަނީ ސާބިތުވެފައޭ