ދުނިޔެ

އުމުރަކީ ހަމައެކަނި ނަންބަރެއްކަން ސާބިތު ކޮށްދީ 62 އަހަރުގެ މީހަކު 62 ކިލޯމީޓަރަށް ދުވެފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އުމުރަކީ އެއްވެސް ކަމެއް ކާމިޔާބު ނުވާންވީ ސަބަބެއް ނޫނެވެ. ކިތައްމެ އުމުރުން މަތީ މީހަކަށް ވެސް ކަމެއް ކާމިޔާބު ކުރެވިދާނެއެވެ. އަދި ވަރަށް ޅަ އުމުރެއްގައިވެސް ކުއްޖަކު އެތައް ކާމިޔާބީތަކެއް ހޯދަފާނެއެވެ. އުމުރުން ނުވަދިހައިގެ އަހަރުތަކުގައި ޑިގްރީ އާއި މާސްޓާސް ވެސް ބައެއް މީހުން ފުރިހަމަ ކޮށްފައި އެބަހުއްޓެވެ.

Ads by Sosun Fihaara

އުމުރުން 62 އަހަރު ފުރުނު ފިރިހެނަކު ވެސް މިވަނީ އުމުރަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އުމުރަކީ މުހިއްމު އެއްޗެއް ނޫންކަން ސާބިތު ކޮށްދީފައެވެ. ޖަސްމެރު ސިވންގު ސަންދު ނަމަކަށް ކިޔާ އިންޑިއާގެ މި ފިރިހެން މީހާ ވަނީ އޭނާގެ 62 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ޓަކައި 62.4 ކިލޯމީޓަރަށް ދުވެފަައެވެ.

"މިއަދުު އަހަރެން މި ފުރިހަމަ ކުރީ އަހަރެންގެ ދިރިއުޅުމުގެ 62 ވަނަ އަހަރު. އަދި މި މުނާސަބަތުގައި އަހަރެން 62.4 ކިލޯ މީޓަރުގެ ދުވުމެއްވެސް ފުރިހަމަ ކޮށްފިން. އެއީ އަހަރެންގެ އުމުރަށްވުރެ މަތީ އަދަދެއް" ދުވެފައި ނަގާފައިވާ ވީޑިއޯ އެއް ހިއްސާކޮށް އޭނާ ޓްވީޓް ކޮށްފައި ވަނީ މިހެންނެވެ.

މި ވީޑިއޯ ފަސްލައްކަ އަށް ވުރެ ގިނަ މީހުން ބަލާފައި ވާއިރު މި ވީޑިއޯއަށް ތިރީސް އަށް ހާސް ލައިކުވެސް ވަނީ ލިބިފައެވެ.

ސަންދު އަބަދުވެސް އެންމެ ސަމާލުކަން ދޭ ކަމަކީ ކިތައްމެ އުމުރުން ދުވަސްވީ ކަމުގައި ވިޔަސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ކޮންމެ މީހަކަށްވެސް މުހިއްމު ކަމެއް ކަން ގައިމެވެ. އަދި މިހާރު ސަންދު އެދަނީ އެކަން ކުރަމުން ކަންވެސް ޔަގީނެވެ.

މިއަދުގެ ޒުވާނުންނަށްވެސް އޭނާ އެ ދައްކުވައިިދިނީ ލާމަސީލު މިސާލެއް ކަން ގައިމެވެ. ކަންނެތްކަން މަތީ ނުތިބެ ކަސްރަތު ކުރުމަށް ސަންދު ޒުވާނުންނަށް މިކަމުން ހިތްވަރު ދީފިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!