މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާ މާދަމާ
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާ މާދަމާ ބާއްވަން ތައާވަލުކުރަން ނިންމައިފިއެވެ.
މަޖިލީހުގެ އިދާރާއިން ވިދާޅުވީ މި ހިނގާ 3 ވަނަ ދައުރުގެ ފަހު ޖަލްސާ މާދަމާ ހެނދުނު 9:00ގައި އޮންނާނެ ކަމަށެވެ. ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ވަގުތު މަޖިލީހުން ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ ވަޒީރުންނަށް ރުހުން ދިނުމެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް ފޮނުވުމުން، އެ ރިޕޯޓު އަނބުރާ ކޮމިޓީ މަރުހަލާއަށް ވަނީ ފޮނުވާފައެވެ.
އެންމެފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މި މަހުގެ 18 ގައެވެ.
މަޖިލީޙުގެ އިދާރާއިންވެސް ކުރަން ބޭނުންވާ ކޮންމެ ކަމެއް އެޖެންޑާ ކުރޭ އެކަމު މިފަދަ މުހިންމު ކަމެއް އެޖެންޑާ ކުރާނެ ހިއްވަރެއް އިދާރައަކު ނެތް މުޅި މަޖިލިސް އިސްތިއުފާ
ޗުއްދީއަށް ދާއިރު ފަގީރުންގެ ފޯމް ފުރާލަދެއްވުމަށް ދަންނަވަން އޭރުން ޝަރުތު ހަމަ ވޭތޯވެސް ބަލާލެވޭނެ އެމްޑީޕީ މަޖިލިސް މެމްބަރުން ވ ޙާލުގަ އުޅެނީ އެޖުދިންނ ފަގީރުންގެ ލިސްޓަށް އަރުވަންޖެހޭ