މަޖިލީހުގެ މި އަހަރުގެ ފަހު ޖަލްސާ މާދަމާ
 
                                                    ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާ މާދަމާ ބާއްވަން ތައާވަލުކުރަން ނިންމައިފިއެވެ.
މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައެވެ.
މި ޖަލްސާއަށް މަޖިލީހުގެ ރައީސްގެ މޭޒުން ދެ ކަމެއް ހުށަހަޅުއްވާފައިވާއިރު ތިން ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ތާވަލުކޮށްފައެވެ. ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކޮށްފައެއް ނުވެއެވެ.
އެންމެފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އެ ޖަލްސާގައި 28 ޑިސެމްބަރާ ހަމައަށް ދައުރު ދަންމައިލަން ވަނީ ފާސްކޮށްފައެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެމްޑީޕީން ދިގު ދަންމާތީ އެ ޕާޓީއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
 
  
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
 
		
ވަޒީރުންނަށް ރުހުންނުދީ ދައުރު ނިންމާލުމުގެ މާނައަކީ މިސަރުކާރުގެ ވަޒީރުންނަށް ނުރުހުންދިނުން.. މިއީ ޝައްކެއް އޮތްކަމެއްނޫން.