ޚަބަރު

އެމްޑީޕީ ދޫކޮށް ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުން ކޮންގްރެސް ޕާޓީއަށް ސޮއިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅު އެމްޑީޕީގެ 13 މަޖިލިސް މެންބަރުން ސަރުކާރުގެ ޕްރޮގްރަސިވް ކޮންގްރެސް ޕާޓީއާ ގުޅިއްޖެއެވެ.

Ads by Sosun Fihaara

ޕީ.އެން.ސީއާއި އަލަށް ގުޅިވަޑައިގެންނެވި އެމް.ޑީ.ޕީގެ މެންބަރުންގެ ފޯމުތަކާއި ޙަވާލުވެވަޑައިގަތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު، ޕީ.އެން.ސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ޕީ.އެން.ސީއާއި އަލަށް ގުޅިވަޑައިގެންނެވި މެންބަރުން އެ ނިންމެވި ނިންމެވުމަކީ ޤައުމީ ނިންމެވުމެއްކަން ފާހަގަކުރައްވާ، މިރޭގެ ޖަލްސާގައި ރައީސް ވަނީ ޕީ.އެން.ސީއާއި އަލަށް ގުޅިވަޑައިގެންނެވި އެމް.ޑީ.ޕީގެ މެންބަރުންނަށް މަރުޚަބާ ދަންނަވާފައެވެ.

އެމްޑީޕީން ވަކިވެ, ޕީއެންސީއާ ގުޅުނު މެންބަރުންނަކީ;

  • މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
  • ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނިހާދު
  • މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް
  • އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
  • ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް
  • ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަކީމް
  • މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
  • މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
  • ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)
  • މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ
  • ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދު
  • ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
  • ގުރައިދޫ ދާއިރާގެ މެމްބަރު ޝާޒް

Ads by HDC
  1. ގޮދާ ހަސަނު

    ޕާޓީއެއްގެ މެމްބަރުން ވޯޓު ލައިގެން މެމްބަރު ކަމަށް ހޮވީމަ އެޕާޓީ ދޫކޮއް އެހެން ޕާޓީ އަކަށް މެމްބަރު ކަމުގެ ގޮނޑި ހިފަިގެންދެވިގެން ނުވާނެ. މެމްބަރުކަމަށް ހޮވުމުން ވޯޓުދިން 5000 މީހުންގެ ހައްޤު ނިގުޅައި ގަނެވިގެން ވާނެ ކަމަށް ޤަބޫލެއް ނުކުރެވޭ .