އެންމެ ނުބައި, ފާފަ ބޮޑު ދޮގަކީ އެކަމުން އެހެން މީހުންނަށް ގެއްލުންލިބޭ ދޮގު: ޚުތުބާ

އެންމެ ނުބައި, ފާފަ ބޮޑު ދޮގަކީ އެކަމުން އެހެން މީހުންނަށް ގެއްލުންލިބޭ ދޮގު ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "ތެދު ބުނުމުގެ މާތްކަމާއި, ދޮގު ހެދުމުގެ ނުބައިކަން" މިއެވެ.
ހުތުބާގައި ބުނީ ދޮގުހެދުމަކީ ނުބައި ސިފަތަކުގެ ތެރެއިން, އެންމެ ނުބައި އެއް ސިފަ ކަމަށެވެ. އަދި އެެންމެ ނުބައި, ފާފަ ބޮޑު ދޮގަކީ އެކަމުން އެހެން މީހުންނަށް ގެއްލުންލިބޭ ދޮގު ކަމަށާއި ދޮގުހެކި ދިނުމަކީ ބޮޑު ފާފައެއް ކަމަށް އިސްލާމްދީނުގައި ކަނޑައަޅާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ދޮގު ހެކި ދިނުމަކީ, މީސްތަކުންގެ ހައްގުތައް އޮޅުވާލައި, އަފުރާދުންނާއި އުންމަތައް އެތައް ގެއްލުމެއް ލިބޭ ކެމެއް ކަަމަށާއި އިސްލާމް ދީނަކީ ފުރުހަމަ އުސޫލުތަކެއް މަތީގައި ބިނާވެގެންވާ ދީނަ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.