ޚަބަރު

އިމާމުވެ ހުކުރު ކުރުމުގެ ހުއްދައަށް 100 ޒުވާނުން އެދިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޒުވާނުންނަށް ޚުޡުބާ ކިޔުމަށް ހުޅުވާލުމާއެކު، 100 ޒުވާނުން ޚުޡުބާ ކިއުމުގެ ފުރުސަތަށް އެދިއްޖެއެވެ.

Ads by Hajj Corporation

އިސްލާމިކު މިނިސްޓަރ ޑރ. ޝަހީމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ޚުތުބާ ކިއުމުގެ ހުއްދަ އަށް އެދި 100 ޒުވާނުން ކުރިމަތިލައިފައިވާ ކަމަށެވެ. އެ ފަރާތްތަކުގެ އިންޓަރވިއު އަންނަ ހަފްތާގައި ފަށާނެ ކަމަށާއި އެއަށް ފަހު ފިޤުހީ ތަމްރީނުތަކެއް ދެވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

“އެއަށް ފަހު އިންޝާ ﷲ މި ޒުވާނުން މިންވަރުތަކުން ފެނިގެންދާނެ. ރޯދަ މަހުގެ ކުރުން މިހުރިހައިކަމެއް ނިމޭނެ” ޑރ. ޝަހީމް ވިދާޅުވިއެވެ.

ގްރޭޑް 10، 11 އަދި 12 ގެ ދަރިވަރުންގެ ތެރެއިން ރީތިކޮށް ޤުރުއާން ކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާ ކިޔުމުގެ ހުއްދަ ދެއްވުމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ނިންމަވާފައިވާކަން އިޢުލާންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

Ads by Ooredoo
  1. ތިޔަ ހުއްދަދޭ ޖުރެޖްއޭޝަން ޖަލްސާ ވަރަށް ބޮޑުކޮށް ކުލަގަދަކޮށް އިސްލާމީ މަރުކަޒުގެ ހޯލުގައި ބާއްވާންވާނެ، ޕޭރެންޓުންނާއި އާއިލާތަކަށް ދައުވަތުދޭންވާނެ، ވަރަށް ރަގަޅުކަމެއް !