ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު ޗައިނާއަށް ވަޑައިގަންނަވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ޗައިނާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

Ads by Hajj Corporation

"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތެރޭގައެވެ. ނަމަވެސް ދަތުރުފުޅާ ގުޅޭ ގޮތުން މިހާތަނަށް ވަކި އެއްޗެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާއަށް ކުރައްވާ ދަތުރުފުޅު ވެގެންދާނީ ހުވާ ކުރެއްވުމަށްފަހު ރައީސް ޑރ. މުޢިއްޒު ބޭރުގެ ޤައުމަކަށް ކުރައްވާ 3 ވަނަ ދަތުރުފުޅަށެވެ. ހުވާ ކުރެއްވުމަށްފަހު ޑރ. މުޢިއްޒު ފުރަތަމަ ވަޑައިގަތީ ތުރުކީއަށެވެ. އެދަތުރުފުޅުގެ ތެރެއިން ޔޫއޭއީގައި ބޭއްވި ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) އަށް ވަޑައިގެންނެވިއެވެ.

ރައީސްގެ ދަތުރުފުޅެއް ޗައިނާއަށް ކުރައްވަން ނިންމެވިއިރު, ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް މިދިޔަ މަހު ވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެއީ، އެ ގައުމުގައި ކުރިއަށްދާ 'ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން'ގައި ބައިވެރިވެވަޑައިގަތުމަށެވެ.

Ads by HDC
  1. އާރުކޭ

    މުއިއްޒު އެއީ ބޮޑު ވަގެކޭ އޭނާ އެއީ ރުނޑިކާޅު މުއިއްޒު އެއީ ރުނޑިކާޅެކޭ އާރުކޭ މުއިއްޒު

  2. ވަގުންނޭ

    ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު މިވަނީ 2 ލައްކައިގައި މީ ހަގީގީ އަދަދަކީ ސަރުކާރުން މިކަމުގައި ހަދަނީ ރޯބުހުތާނު ދޮގޭ ބަލަގަ ދިވެއްސަކު ކުޑަ ކުށެއް ކުރިއަސް އެ.މީހަކަށް ވަޒީފާ ގަނޑެއް ވެސް ނުލިބޭ ޕޮލިސް ރިޕޯޜޓާއި ހެދި އެކަމަކު ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ނަށް މާލެ ކެޕިޓަލް ސިޓީގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދޭ ސަރުކާރަށް ވިސާ ފީ ނުދައްކާ ދެން އެމެން ގަވާއިދަށް ނޫން ފައްތަން ޖެހޭނީ އެމެން ޖެހޭނީ ފޮނުވާލަން