މަޖިލިސް އިންތިހާބު ބާއްވާ ތާރީހު އިއުލާންކުރުން ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު އަދި ކަނޑައެޅިފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ސިޓީއެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
އީސީން ވިދާޅުވީ އިންތިހާބު ބާއްވާ ތާރީހް އިއުލާން ކުރާނީ އެމްޑީޕީއާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
“ކޮމިޝަނުން ނިންމީ އެކަމާއި ގުޅޭ ގޮތުން އެމްޑީޕީއާވެސް މަޝްވަރާކުރުމަށް ފަހު އަޅުގަނޑުމެންގެ ނިންމުން މި ހަފްތާގައި ހާމަކުރާނަން” އީސީން ވިދާޅުވިއެވެެ.
ހަބީބު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން މާދަމާ 11:30ގައި އެމްޑީޕީއާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
ތާރީޚު ކަނޑައަޅާނީ ރައްޔިތުންނަށާއި ކެންޑިޑޭޭޓުންގެ އިތުރުން އީސީއަށް ވެސް އެންމެ ފަސޭހަ ވާނެ ގޮތް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.