ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓަށް ހެދުމަށް ރައީސް މުޢިއްޒު އެދިވަޑައިގެންފި
 
                                                    ކުރިއެކޭ އެއްގޮތަށް ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ ފުޒޫގައި ހުންނަ ފުޒޫ ސްޓްރޭޓް އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދާ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ބޭރު ޤައުމަކަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅަށްވާތީ، ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ފޯރަމްގައި ޗައިނާ އާއި ދިވެހި ވިޔަފާރިވެރިން ތިއްބެވިކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ ގާތް އެއް ބައިވެރިޔާ ކަމަށާއި 2014 ވަނަ އަހަރު ރައީސް ޝީ ޖިންޕިންގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ބައިވެރިއަކަށް ރާއްޖެ ވެގެން ދިޔައިރު، އެ ކުންފުނިން ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގާފައިވާ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
 
 

 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
 
		
ޗައިނާގެ އިންވެސްޓަރުންނަށް މާލެ ސަރަހައްދު މާފުށި ފަޅު ހިއްކައިގެން އެތަނުގައި ގެސްޓް ހައުސް އާއި މޮޓެލްސް އާއި ހޮޓެލްސް އަޅަން ހުއްދަދޭންވީއޭ އެއިރުން ޗައިނާ އިން އަންނަ ފަތުރުވެރިން އިންތިހާ އަށް އިތުުރުވެގެންދާނެ ކަން އެއީ ޔަގީން ކަމެކޭ…