ޚަބަރު

ބެއިޖިންގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ރައީސް މުޢިއްޒު ބައްދަލުކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، ބެއިޖިންގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

Ads by STELCO

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ދިވެހީންނާ ބައްދަލުކުރެއްވުމުގެ އުފަލެއް ލިބުމަކީ އުފާކުރައްވާ ކަމެއްކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާއިރު، އެކުދިންގެ ތަޖުރިބާއާއި ގޮންޖެހުންތަކާ ބެހޭގޮތުން މަޢުލޫމާތު ހޯއްދަވައިފައެވެ.

އަދި ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް އަލިއަޅުވާލެއްވިއެވެ. އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by Allied Insurance
  1. ރަރަރާ

    އާޒިމާ ނުހޮވޭނެއޭ ދާނީ 3 ވަނަ އަށޭ 1 ވަނަ އަށް ދާނީ އެމްޑީޕީ އާޒިމް ދެވަނަ އަށް ދާނީ ސީޕީ ހުސެން 3 ވަނަ އަށް ދާނީ އާޒިމާ މީއޭ އިންތިޚާބުގެ ނަތީޖާ ދައްމާ ގޮތަކީ އާޒިމާ އަކީ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ އައުޓް ރަރަރާރ
    ރަރަރާ ރަރަރާ ރަރަރާ ކްއޯއް ކްއޯއް ކްއޯއް ކްއޯއް ކްއޯއް ޑާންސް ޑާންސް ޑާންސް ޑާންސް….

  2. ރަރަރާ

    ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު ޗައިނާ ޒިންދާބާދު އިންޑިއާ ފެނޭތޭ ފެނޭދޯ ވައިޓް ހައުސް ބޮޑޭ ކޮށިއަރަނީއޭ ކޮސްވެ ސިޑިން ވެއްޓެނީ ވެއްޓެނީ ވެއްޓެނީއޭ ރަރަރާ ރަރަރާ ރަރަރާ ރަރަރާ ކްއޯއް ކްއޯއް ކްއޭއް ކްއޭއް ޑާންސް ޑާންސް ޑާންސް ޑާންސް…

  3. I’ve read several just right stuff here. Certainly price bookmarking for revisiting. I wonder how a lot effort you place to create this kind of great informative website.