ޚަބަރު

ރަސްމާލެ ޕްރޮޖެކްޓް ކުރިޔަށްދިޔަ ނުދޭނަން: އާޒިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު, ފުށިދިއްގަރުފަޅު (ރަސްމާލެ) ހިއްކާ އެތަނުގައި މީހުން އާބާދުކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔަ ނުދޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަ ކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މާދަމާ އޮންނަ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގެ ކެންޕެއިން ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ, މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭން ޖެހޭނީ ބްރިޖަކުން ދެވޭ ހިސާބުގައި އޮންނަ ތަނަކުން ކަމަށެވެ.

އެގޮތުން ރައީސް ޞާލިޙްގެ ސަރުކާރުގައި އެކަން ކުރުމަށް ނިންމާ, އެކަމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މާލޭ ސަރަހައްދުގައި 800 ހެކްޓަރުގެ ބިން ހިއްކެން އެބައޮތް ކަމަށާއި, އެކަން އެހެންވާން އޮއްވާ ދުރު ހިސާބަކުން ތަނެއް ހިއްކައިގެން މާލޭ ރަައްޔިތުން އެތަނުގައި ވަޒަންވެރި ކުރުވުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަަމަށް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ރަސްމާލެ ޕްރޮޖެކްޓް ކުރިޔަށްދިޔަ ނުދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.

"އަޅުުގަނޑުމެން ގެންދާނީ ބްރިޖުން. އަޅުގަނޑުމެން ނުގެންދާނަން ދޯންޏަށް އަރުވައިގެންނެއް. ތަޅުވަމުން ތަޅުވަމުން ނުގެންދާނަން ދޮޅު ގަޑިއިރުން ފުށިދިއްގަރުގަޅު ކިޔާތަނަށް އަޅުގަނޑުމެން އެކަން ވިޔަކަ ނުދޭނަން. ޔަޤީން މިދެނީ ކަށަވަރު މިކޮށްދެނީ, ތިބޭފުޅުންގެ ގޯތިތައް ދޭނީ ބްރިޖުން ދެވޭ އަވަށަކަށް." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ,ހުޅުމާލޭ 20 އަހަރުވީއިރު ވެސް އެތަނުގައި ހުރިހާ ޚިދުމަތެއް ނުލިބޭ ކަމަށާއި ޚިދުމަތް ހޯދަން އަންނަން ޖެހެނީ މާލެއަށް ކަމަށެވެ. ރަސްމާލެ ހިއްކާ ނިމި އެތަން އާބާދުވުމުން މީހުން ވަޒީފާއަށާއި ތައުލީމަށާއި އެހެނިހެން ކަންކަމުގައި އަންނަން ޖެހޭނީ ދޯނީގައި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެއީ ރައްޔިތުންނަށް ޖެއްސުން ކުރުން ކަމަށެވެ.

ރަސްމާލެ ޕްރޮޖެކްޓަކީ ހުޅުމާލެ ފޭސް އެކެއް އަދި ދޭއް އެއްކޮށްލުމުން އޭގެ ތިން ގުނައަށް ހިއްކާ ރަށެކެވެ. މިތަނުގައި ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި މިއީ މާލޭ ރައްޔިތުންގެ ބޯހިޔާވެހިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށް ސަރުކާރުން ހާމަކުރެއެވެ.

Ads by HDC
  1. ހެއިލޯ

    މުއިއްޒުގެ ޗައިނާ ދަތުރާއި އަދި އިންޑިއާ އިން ރާއްޖޭގެ އިގްތިސާދުގެ މައިތަނބު ކަމަށްވާ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވުން އެއީ ދެން މަމެން ޕިންކީން ވޯޓްދީގެން ގެނައި ސަރުކާރުން އިންޑިއާ ކުރިމަތީގައި ކުޑަކަކޫ ޖަހަން ޖެހޭނެ ކަމެއް ނޫނޭ ބަދަލުގައި އިންޑިއާ އާއި ބެޓް ކުރަން ޖެހޭނީ އިންޑިއާގެ ޓޫރިސްޓުން އަންނަނަމަ އަންނަގަ ނާންނަނަމަ ނާދޭ ޗައިނާ އިން އަހަރަކު 25 މިލިއަން ޓޫރިސްޓުން ގެންނަން ޖައްސާށޭ މޯދީ ރިމެމްބަރ ދޯޒް ވޯލްސް އާރ ބިލްޓް މޭބީ އިޓްސް އަންބްރޯކެން ޔޫ ޑޯން އީވެން ނޯ ރީޒަން އައި ގޮޓް މައި ޓާރން ނައު އިޓްސް ދަ ރިސްކް ދެޓް ޔޫއާރ ޓޭކިންގް އައި އޭމް ނޮޓް ގޮނާ ސާރކް ޔުއަރ ލޮސްޓް ހެއި މޯދީ ސޭ ހެއިލޯ ސޭ ހެއިލޯ ސޭ ހެއިލޯ ހެއިލޯ ހެއިލޯ ހެއިލޯ ހެއިލޯ އައި ސްވެއަރ ވީއާރ ގޮނާ ނީލް ޑައުން ޔޫ ގްރެވިޓީ އިޒް ކަމިންގް އަޕް މޯދީ ސޭ ހެއިލޯ ހެއިލޯ ހެއިލޯ ހެއިލޯ….

  2. ައަމާ

    މާލޭ މީހުން އަމައޭ ކިޔަން ވީނު.