މުލަކު އަންހެނުން ކޮމިޓީގެ ގޮނޑި ޕީއެންސީއަށް
![](https://dhen.mv/wp-content/uploads/2021/04/photo_2021-04-10-18.02.13-850x548.jpeg)
މ. މުލަކު އަންހެނުން ކޮމިޓީގެ ގޮނޑި ޕީއެންސީއަށް ލިބިއްޖެއެވެ.
މުލަކު އަންހެނުންގެ ކޮމިޓީގެ އިންތިހާބުގައި ވާދަކޮށްފައިވަނީ ޕީއެންސީ ގެ ފަރާތުން ވާދަކުރެއްވި ޒައީމާ އަބްދުއްރަޝީދު އާއި އަންހެނުންގެ ކޮމިޓީއަށް އަމިއްލަގޮތުން ވާދަކުރެއްވި މަރިޔަމް ހަސަންއެވެ.
އިންތިހާބުގެ ނަތީޖާ ދައްކާގޮތިން ޒައީމާއަށް ލިބިފައިވަނީ 243 ވޯޓެވެ. މަރިޔަމް އަށް ލިބިފައިވަނީ 229 ވޯޓެވެ.
މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް 1323 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެެވެ. އެ އިންތިހާބުގައި 1،322 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާއިރު، ވޯޓު ދިނީ 490 މީހުނެވެ.