ވިޔަފާރި

300،000 ރުފިޔާގެ އަގުހުރި އިނާމާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރޯދަ މަހަށް ހާއްސަކޮއް އެސްޓިއޯއިން ކޮންމެ އަހަރަކުވެސް ބައްވާ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން މިރޭ ފަށައިފި އެވެ.

Ads by MWSC

އެސްޓީއޯ ރަމަޒާން ބަޒާރަކީ ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރޭގައި އެންމެ މަގްބޫލް އެއް ސޭލްއެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައި ވެސް ގިނަ ޑިސްކައުންޓް ތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެއެވެ

މި ޕްރޮމޯޝަން ތެރޭގައި އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ޕީޕަލްސް ޗޮއިސްގެ އިން ކުރާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ.

އެސްޓީއޯއިން މި ޕްރޮމޯޝަންގައި ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަނެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައި ރަމަޒާން ބާޒާރު ކުރިޔަށްދާނީ 15 ޖެނުއަރީ އިން ފެށިގެން 11 އެޕްރީލްއަށެވެ.

މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓް ތަކެއް އެއްކޮށް ތިން ބަޔަކަށް ބަހައިލައިގެން ވަރަށް އަގުހުރި އިނާމުތަކެއް ލިބިގެން ދާނެއެވެ. އަދި އެސްޓީއޯގެ މުދަލުން 25% ހަމަށް ޑިސްކައުންޓް ލިބިގެން ދާނެއެވެ .

ހަމައެހެންމެ ރޯދަމަހުގެ ކުރިން ތިންނަސީބުވެރި ފަރާތެއް ހޮވިގެން ދާނެއެވެ. އެއްވަނައަށް ދާފަރާތަކަށް 75000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެއް ލިބިގެން ދާއިރު، ދެވަނަ ފަރާތަކަށް ހޯމްއެޕިލިއެންސް  ޕެކޭޖެއް، އަދި ތިންވަން ފަރާތަކަށް ތިންރޫމް އެޕަޓްމެންޓުގައި ނިޕޯޕެއިންޓުގެ ކުލަ އަދި ކުލަ ލާދޭއެވެ.

އޭގެއިތުރުން, ރޯދަމަހު ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތެއްހޮވާ  2500ރުފިޔާގެ ގިފްޓް ވައުޗާއެއް ލިބިގެން ދާނެއެވެ .

މުޅި ޕްރޮމޯޝަން ނިމު މުން ތިން ނަސީބުވެރި ފަރާތެއް ހޮވިގެން ދާނެއެވެ. އެއްވަނަ އިނާމަށް ތުރުކީ ދެކޮޅު ޓިކެޓް ދެމީހަކަށް ލިބިގެން ދާއިރު، ދެވަނަ ނަސީބުވެރި ފަރާތަކަށް  ހޯމްއެޕިލިއެންސް  ޕެކޭޖެއް ލިބޭނެއެވެ. އަދި ތިންވަނަ ފަރާތަކަށް 65" ފިލިޕްސް ޓީވީ އެއްެލިބިގެން ދާނެއެވެ .

ގުރުއަތުން ހޮވޭ ފަރާތްތަކަށް މުޅި ޕްރޮމޯޝަން ތެރޭގައި 300،000 ރުފިޔާގެ އަގުހުރި އިނާމުތަކެއް ލިބިގެން ދާނެއެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮމޯޝްން ތެރޭގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގައި ކުންފުނީގެ ޕްރޮޑަކްޓް ބޭނުން ކުރާ ގޮތް ދައްކާލުންތައް ކުރިޔަށް ދާނެއެވެ .އަދި ޕްރޮޑަކްޓް ދައްކާލުން ކުރިޔަށް ދާގަޑީގައި ކަސްޓަމަރުން އަމިއްލަފުޅަށް ޕްރޮޑަކްޓް ތަޖުރިބާކުރުމުގެ ފުރަސަތުލިބިގެން ދާއިރު އެޕްރޮޑަކްޓުން ހާއްސް ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

ކޮންމެ ހަފުތާއަކު ހުކުރު ،ހޮނިހިރު ދުވަހު ބައެއް ސެލެކްޓިވް އައިޓަމްސްތަކުންވެސް ޑިސްކައުންޓު ލިބިގެން ދާނެއެވެ. އީ ސްޓޯރުން މެދުވެރި ކޮށް ވެސް ޕްރޮމޯޝަން ޕްރޮޑެކްޓު ލިބިގެން ދާނެއެވެ .ފުރިޖު އަދި ދޮންނަ މެޝިންފަދަ އައިޓަމްތައް ގަތުމުން ޑެލިވަރީ ކޮށްދޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!