ދީން

ދުނިޔެވީ ހަޔާތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށްގެން: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ދުނިޔެވީ ހަޔާތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށްގެން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެެވެ.

Ads by STELCO

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "އީމާންކަން ހަރުދަނާ ކުރުން" މިއެވެ.

ހުތުބާގައި ބުނެފައިވަނީ އިންސާނާގެ ހަގީގީ ކާމިޔާބީއާއި ބާއްޖަވެރިކަންވަނީ, މާތް الله އަށް ފުރިހަމަ މާނާގައި އީމާންވުމުން ކަމަށާއި އެ އީމާންކަމަކީ އިސްލާމް ދީނުގެ އަސާސް ކަމަށެވެ. އަދި އިންސާނާއަށް ދުނިޔެވީ ހަޔާތުގެ އުފަލާއި އަރާމާއި ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް, ހަރުދަނާ ކޮށްގެން ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ މިފަދަ ދުވަސްވަރުގައި އީމާންކަން ބަލިކަށިވެ, ނުބައިމަގުން ދެވުމަކީ ވަރަށް ކައިރި ކަމެއް ކަމަށާއި މީހާގެ އުޅުމާއި, ޢަމަލުތަކުގެ ސަބަބުން ވެސް އީމާންކަން ބަލިކަށިވާ ކަމަށެވެ.

ހަގީގީ މާނާގައި މާތްالله އަށް އީމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުޢޫރުތަކާއި ބާއްޖަވެރިކަމުގެ އިހްސާސްްތައް އުފައްދާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ. ނަމަވެސް މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން އިވޭ އަޑަކީ ދީނީ ވާޖިބުތައްއަދާކުމުންދާއިރުވެސް ވަރަށް ފަސޭހައިން މާތް الله ހަރާމް ކުރައްވާފައިވާ އަރައިގަނެވޭނެ ވާހަކަ ކަމަށް ހުތުބާގައި ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!