ޚަބަރު ވިޔަފާރި

އަންހެން ވިޔަފާރިވެރިންނަށް ޚާއްސަ "ހިޔަލަ" މާކެޓް ކޮންމެ ހަފްތާ ބަންދަކު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނޭ އަންހެން ވިޔަފާރިވެރިންނަށް ހާއްސަ "ހިޔަލަ" މާކެޓު ހުޅުމާލޭގައި މިރޭ ހުޅުވައިފިއެވެ.

Ads by Sosun Fihaara

ކޮންމެ ހަފްތާ ބަނދަކު ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިމާކެޓު ހުޅުވައި ދެއްވީ، މިނިސްޓަރ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމެންޓް އައިޝަތު ޝިހާމް އެވެ. މިމާކެޓަކީ އިކޮނޮމިކް މިނިސްޓްރީގެ އާއި ބީސީސީ އެކު ގުޅިގެން ހާއްސަ މާކެޓެވެ. ކޮންމެ ހަފްތާ ބަންދެއްގައިވެސް ކުރިއަށް ގެންދަން ރޭވިފައިވާ މި މާކެޓުގައި 10 ސްޓޯލް ހުރެއެވެ.

ހިޔަލަ މާކެޓު ހުޅުވުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އައިޝަތު ޝިހާމު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ އަންހެނުން ބާރުވެރިކުރުވުން ކަމަށާއި އެކަމަށްޓަކައި އަންހެނުން ފުދުންތެރި ބަޔަކަށް ހެދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް މި ސަރުކާރުން ޤަބޫލުކުރާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުންވެސް ފުދުންތެރި ދިރުއުޅުމެއް ހޯދުމަށް ރައީސް މުހިންމު ދެ ވައުދެއް ވަރަށް އަވަހަށް ފުދިގެން ދާނެ ކަމަށް ފެމިލީ މިނިސްޓަރ ވިދާޅުވިއެވެ.

" މިގޮތުން އަންހެނުންނަށް ހާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯން، ވަރަށް އަވަހަށް ދޫކުރަން ފަށާނެ. ހަމައެއާއެކު ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ، ލޯނެއް ވަރަށް އަވަހަށް ތައާރަފް ކުރެވިގެންދާނެ. " މިނިސްޓަރ އައިޝަތު ޝިހާމު ވިދާޅުވިއެވެ.

މި މާކެޓަކީ އަންހެނުން އުފައްދާ އުފެއްދުންތަށް ވިއްކުމަށް ހުޅުމާލޭގައި ހާއްސަ ސަރަހައްދެއް ކަނޑައަޅައި، ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމަށް ރައީސްގެ ހަފްތާ-14 މަގުޗާޓުގައި ކުރުމަށް ހިމަނާފައިވާ މަސައްކަތެކެވެ. މިމާކެޓުގައި 18 އަހަރުން މަތީގެ ދިވެހި ކޮންމެ އަންހެނަކަށްވެސް ބައިވެރިވެވޭނެއެވެ.

  1. ބަންގާޅީ ބޮންދުން ކުރާ ޤަވާއިދާއި ހިލާފު ވަގުވިޔަފާރި ހުއްޓުވައިގެން، ތިޔަ ކަނބަލުންގެ ވިޔަފާރި ކުރިއަރާނީ، މިއުޅޭ ބޮންދުން ކުރާ ވަގުފާރިވެސް ހުއްޓުވަންޖެހޭ !