ފުނަދޫ ފިއުލް ސްޓޯރޭޖު ބަދަލުކުރާނީ ތިލަފުށި ކައިރި މާގިރިފަޅަށް!
                                                        މާލެ އާއި ހުޅުމާލެ ދެމެދަށް އޮންނަ ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖު ބަދަލުކުރަން ނިންމާފައިވަނީ ތިލަފުށީ ކައިރީގައި އޮންނަ މާގިރި ފަޅަށް ކަމަށް ޕްލޭނިން މިނިސްޓަރު އަބްދުالله މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ފުނަދޫ ފިއުލް ސްޓޯރޭޖު ބަދަލުކުރާ ތަން ސަރުކާރުން ހާމަކޮށްފައިވަނީ އިއްޔެ އިކޮނޮމިކް ކައުންސިލްގެ ނިންމުންތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖު މާގިރިފަޅަށް ބަދަލު ކުރުމުގެ މަސައްކަތް އެސްޓީއޯ އިން ފެށުމަށް ނިންމާފައިވާ ކަމަށެވެ.
I would like to clarify that the proposed location to relocate fuel storage in K. Funadhoo is the Maagiri near K. Thilafushi, not the Maagiri near Sheraton Maldives Full Moon. https://t.co/aV2H4QrCek pic.twitter.com/ZDigccf8MS
— Abdulla Muththalib (@muththo) January 22, 2024
އެކަމާ ގުޅިގެން ބައެއް ނޫސްތަކުގައި ވަނީ ސްޓޯރޭޖު ބަދަލުކުރަނީ ކަނޑުއޮށްގިރި ކައިރީގައި އޮންނަ މާގިރިފަޅަށް ކަމަށް ރިޕޯޓުކޮށްފަ އެވެ. އެ ސަރަހައްދަކީ ގިނަ ރިސޯޓުތަކުން ޑައިވިން އާ ދާ ސަރަހައްދަކަށް ވުމުން ޑައިވަރުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޑައިވަރުން ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގައި ހަތް ޑައިވް ސައިޓު ހިމެނެ އެވެ.
އެކަން ބޮޑުވުންތަކާ ގުޅިގެން މުއްތަލިބް މިއަދު ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ, ބަދަލުކުރަން ނިންމާފައިވަނީ ޝެރަޓަން ރިސޯޓު ކައިރީގައި އޮންނަ މާގިރިފަޅަށް ނޫން ކަމަށެވެ.
މި ސަރުކާރުގެ ވިސްނުމަކީ ފުނަދޫއަށް ސީޕްލޭން ޓާމިނަލް ބަދަލުކުރުމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖު ނެގުމަށްފަހު، ރައީސް ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް އެތަން ހަދައި، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް އެ ރަށުގައި ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ މަނިކުފާނު އޭރު ވިދާޅުވި ގޮތުގައި، ފުނަދޫ ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށާއި ފައިނޭންޝަލް ސެންޓަރު ހެދުމަށް ބޭނުންވާ ކުންފުނި ހެދުމުގެ މަޝްވަރާ ކެބިނެޓުގައި ކުރައްވާނެ އެވެ.
  
 
            
                    
            
                    
            
                    
            
                    