ޚަބަރު

ސަރުކާރު ޖަވާބުދާރީކުރުވަން އެމްޑީޕިއާއި ޑިމޮކްރެޓްސް ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރަނީ

އައިކާ ޔުނާން ، ދެން އޮންލައިން
ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް, އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއެކު --

ދެ ޕާޓީގެ ލީޑަރުންގެ މެދުގައި ބޭއްވި ނުރަސްމީ މަޝްވަރާތަކަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފްގެ އިތުރުން އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމެވެ.

Ads by MWSC

ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ, ކޮންގްރެސް ޕާޓީގެ ވެރިކަމަށް ބެލުމުން ފެންނަނީ ވެރިކަމަށް އައުމުގެ ކުރިން ދެއްކި ވާހަކައާ މުޅިން އިދިކޮޅަށް ކަން ހިނގާ ތަން ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ކަންބޮޑުވަނީ އިންޑިއާއާއެކު އޮތް ގުޅުމަށް ބުރޫއަރުވައި, ހާރިޖީ ސިޔާސަތު ނާޒުކު ފައްތަރަކަށް ވައްޓާލުމުން ކަމަށެވެ.

މި ކަންބޮޑުވުންތައް އޮތުމުން ޑިމޮކްރެޓްސްއާ ގުޅިގެން ނިންމީ ޒިންމާދާރު އިދިކޮޅެއްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީކުރުވުމާއި ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމަށް މަޖިލިސް ތެރެއިން އެކުގައި މަސައްކަތް ކުރުމަށް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން ހަސަން ލަތީފް ވިދާޅުވީ, ގާނޫނު އަސާސީއަށް މުހިންމު ބަދަލެއް ގެންނަން ފެންނާތީ އެކަން ކުރުމުގެ މަޝްވަރާވެސް ކޮށްފައިވާނެ ކަމަށާއި އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި އަދަދެއްގައި ހިފެހެއްޓުން ހިމެނޭ ކަމަށެވެ.

"އޭގެ މާނައަކީ ވަކި އަދަދެއްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓިފައި އޮތުން," ހަސަން ލަތީފް ވިދާޅުވި އެވެ.

ސިޔާސީ މަގާމުތަކަށް އައްޔަން ކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވުމާ ގުޅިގެން އެ ކަން ބަދަލުކުރުމަށް ގާނޫނަށް އިސްލާޙު ގެނެސްގެން އަދަދެއް ކަނޑައެޅުމަށް މަޝްވަރާކޮށް އެއްބަސްވެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީން މެންބަރުންތަކެއް ވަކިވެ އުފެއްދި އެމްޑީޕީގެ ސަރުކާރާއި އެ ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރި ޑިމޮކްރެޓްސްއިން އެމްޑީޕީއާއެކު ގުޅިގެން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

ދެ ޕާޓީގެ ލީޑަރުންގެ މެދުގައި ބޭއްވި ނުރަސްމީ މަޝްވަރާތަކަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފްގެ އިތުރުން އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމެވެ.

  1. ޑިމޮކްރަސީ

    ދެން ބާކީ އޮތީ ދެމަސް މަޖްލީހުގަވެސް އެއްވެސް ސިޔާސީ ޕްލެޓްފޯމަކުން ދެން ތިމީހުންނަށް މެޖޯރިޓީ އެއް ދިވެހިން ނުދޭނެ ތިއީ ދިވެހިޤަވްމު ވިއްކާ ދަރުވާލާ ބޭރު ބައެއްގެ އުގަށްވެއްޓި މުޅި ދިވެހި ދަވްލަތް ޚަރާބުކޮށްފައިވާ ބައެއް