ޚަބަރު

ގާނޫނަކުން ސިޔާސީ މަގާމުތަކުގެ އަދަދު ކޮންޓްރޯލްކުރަނީ

އައިކާ ޔުނާން ، ދެން އޮންލައިން
އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ދެން އިމޭޖްސް

މި ސަރުކާރުން ސިޔާސީ މަގާމުތައް ދީފައިވާ މީހުންގެ އަދަދު އިތުރުވާތީ, ވަކި އަދަދެއްގައި އެކަން ހިފެހެެއްްޓުމަށް ގާނޫނެއް ގެނައުމަށް އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްއިން އެއްބަސްވެއްޖެ އެވެ.

Ads by Sosun Fihaara

އެމްޑީޕީއާއި އެ ޕާޓީން މެންބަރުންތަކެއް ވަކިވެ އުފެއްދި ޑިމޮކްރެޓްސްއާ ގުޅިގެން އިދިކޮޅުގައި މަސައްކަތް ކުރަން ފެށުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ, މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުވެފައިވާތީ އެކަމާ ދެ ޕާޓީއިން ވެސް ކަންބޮޑުވާ ކަމަށެވެ.

"ހާއްސަކޮށް ސްޓޭޓު މިނިސްޓަރުންނާ ޑެޕިއުޓީ މިނިސްޓަރުންނާ އަދި އެ ފެންވަރުގެ ބޭފުޅުންގެ ނަމުގައި ކުރައްވަމުން ގެންދަވާ އަދަދުތަކަކީ ރާއްޖޭގެ އިގްތިސޯދަށް ބަލާއިރު އަޅުގަނޑުމެންނަށް ފެންނަ ވަރަށް ބޮޑު މައްސަލައެއް," ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ވިސްނުމަކީ ގާނޫނެއް ގެނެސް, އިސްލާހު ކުރަން ޖެހޭ ގާނޫނެއް އިސްލާހުކޮށްގެން އެ އަދަދަކީ ވަކި މިންވަރެއްގައި ކޮންމެ ސަރުކާރެއްގައި ވެސް ހިފެހެއްޓިފައި އޮންނަ އަދަދެއްގެ ގޮތުގައި ކަނޑައެޅުމެވެ.

އެމްޑީޕިއާއި ޑިމޮކްރެޓްސް ގުޅިގެން ދެން އެއްބަސްވެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި ރެގިއުލޭޓުކުރުމަށް ގާނޫނަކުން ކަނޑައެޅުމަށެވެ. އެ އިސްލާހުތައް ގެނައުމަށް މަޖިލިސް ތެރެއިން ގުޅިގެން މަސައްކަތް ކުރުމަށް އެ ދެ ޕާޓީން ވަނީ އެއްބަސްވެފަ އެވެ.

އޭގެ އިތުރުން މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި އަދަދެއްގައި ހިފެހެއްޓުމަށް ގާނޫނު އިސްލާހު ކުރުމާއި މަޖިލިސް އިންތިހާބު ރޯދައިގެ ފަހަށް ބަދަލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވެސް ދެ ޕާޓީން ވަނީ އެއްބަސްވެފަ އެވެ.

  1. ސަރުކާރިގާ ތިބިއިރު ގާނޫނު ހަދަންނޭގުނީބާ؟؟؟