އިތުރު ކެނޑިޑޭޓަކު ކުރިމަތި ނުލުމުން ތަކަންދޫ ކައުންސިލްގެ އަންހެނުންގެ ގޮނޑި ކޮންގްރެސް ޕާޓީއަށް!

ހއ. ތަކަންދޫ ކައުންސިލްގެ އަންހެނުންގެ ގޮނޑި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފިއެވެ.
މި ގޮނޑި ކޮންގްރެސް ޕާޓީއަށް ލިބިފައިވަނީ ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އިތުރު ކެނޑިޑޭޓަކު އެ ގޮނޑިއަށް ކުރިމަތިލާފައި ނުވުމުންނެވެ.
ތަކަންދޫ ކައުންސިލްގެ އަންހެނު މެންބަރު އިންތިހާބު ކުރުމުގެ ވޯޓް ނެގުމަށް ތާވަލްކޮށްފައި އޮތީ ފެބްރުއަރީ 24ގައެވެ. ނަމަވެސް އިތުރު ކެނޑިޑޭޓަކު ކުރިމަތިނުލުމުން އެ ގޮނޑި ކޮންގްރެސް ޕާޓީން ފޯމް ހުށަހެޅި ފަހީމާ މުހައްމަދަށް ވަނީ ލިބިފައެވެ.
ތަކަންދޫ ކައުންސިލްގައި މިހާރު ތިބީ އެމްޑީޕީގެ ތިން ކައުންސިލަރުންނާއި މިނިވަން މެންބަރެކެވެ.