ޚަބަރު

ވަޒީރުންނަށް ރުހުން ނުދޭން އުޅޭތީ ސަރުކާރު މެންބަރުން މަޖިލީހުގައި ތަޅުއަޅުވައިފި

އައިކާ ޔުނާން ، ދެން އޮންލައިން

ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ ވޯޓު ވަގުތަށް ހުރަސް އަޅަން, ސަރުކާރު މެންބަރުން މަޖިލިސް ޖަލްސާއަށް ހުރަސް އަޅައިފިއެވެ.

Ads by STELCO

ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު އެޖެންޑާކޮށްފައި އޮތީ 1:30 އަށެވެ.

މެންބަރުން އާންމުކޮށްފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ސަރުކާރު ކޯލިޝަންގެ މެންބަރުން ވަނީ އިދިކޮޅު ގިނަ މެންބަރުން ތަޅުމަށް ނުވަދެވޭނެހެން ތަޅު އަޅުވައިފަ އެވެ. ގިނަ މެންބަރުން މިވަގުތު ތިބީ ތަޅުމަށް ނުވަދެވި ބޭރުގަ އެވެ.

ތަޅުމުގެ ތެރޭގައި ތިބި ސަރުކާރަށް ނިސްބަތްވާ މެންބަރުން އަންނަނީ ތަޅުމުގެ ތެރޭގައި ތާޅަފިލި ފުމެ އަޑުގަދަ ކުރައްވަމުންނެވެ. ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ރިޔާސަތަށް ވެސް ބައެއް މެންބަރުން ތިއްބެވީ އަރަ އެވެ. ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުލްޝަހީމް އިންނެވީ ރިޔާސަތު ގޮނޑީގައި އިށީނދެވަޑައިގެންނެވެ.

އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓުން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ފާސްކޮށްފަ އެވެ.

އެކަމާ ގުޅިގެން ސަރުކާރަށް ތާއީދު ކުރާ ސަޕޯޓަރުން މިވަގުތު ގެންދަވަނީ މަޖިލިސް ބޭރުގައި ވެސް އިހުތިޖާޖު ކުރަމުންނެވެ. އެ މެންބަރުން ގޮވާލަމުން އަންނަނީ އެމްޑީޕީ މެންބަރުންގެ އިސްތިއުފާއަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!