ވަޒީރުންނަށް ރުހުން ދޭން ދެކޮޅު ހެދުން ގާނޫނާ ހިލާފު: ގާސިމް
ރައްޔިތުންގެ ތަނަވަސް އަގްލަބިއްޔަތަކުން ހޮވާފައިވާ ސަރުކާރެއްގެ ވަޒީރުންނަށް ރުހުން ދޭން ދެކޮޅު ހެދުމާއި އެކަަމަށް ތްރީލައިން ވިޕް ނެރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރުންނަށް ރުހުން ނުދޭ މައްސަލައިގައި ސަރުކާރު ސަޕޯޓަރުން މިހާރު މަޖިލިސް ދޮރުމަތީގައި ކުރަމުން އަންނަ މުޒާހަރާ މެންބަރުން ކައިރިއަށް ނިކުމެވަޑައިގެން ގާސިމް ވިދާޅުވީ, ވަޒީރުންނަށް ރުހުން ނުދިނުމަކީ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި މީގެ ކުރިން އަމަލުކޮށްފައިވާ ގޮތާ ހިލާފު ކަމެއް ކަަމަށެވެ.
މީގެ ކުރިން ވެސް ސަރުކާރަށް މެޖޯރިޓީ ނެތް ނަމަވެސް, ހުރިހާ ވަޒީރުންނަށް ރުހުން ދީފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ވަޒީރުންގެ ޝަރުތު ހަމަވާނަމަ އެއްވެސް ވަޒީރަކަށް ރުހުން ނުދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެ ކުރެވެނީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"ޒާތީ މަންފާއަށްޓަކައި ކަންކަން ކުރުމަށް ގާނޫނު އަސާސީގެ 75 ވަނަ މާއްދާގެ ދަށުން ވޯޓު ދެވޭކަށް ނެތް. މުޅި ރައްޔިތުންގެ މަސްލަހަތަށް ގާނޫނު އަސާސީގައި ބަލާނީ. އެކަމަށް ވިޕްލައިން ނެރުމަކީ ވެސް ގާނޫނު އަސާސީއާ ހިލާފު ކަމެއް. ކަނޑައެޅިގެން. އެއީ ނުކުރެވޭނެ ކަމެއް," ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ވެރިކަމަށް ކޮންމެ މީހަކު ހޮވުނަސް ކަންކަން ކުރަން ޖެހޭނީ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތަށް ކަމަށާއި އެ ނޫން ގޮތަކަށް ކަންކަން ހިނގާތީ ހިތާމަ ކުރާ ކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު އެޖެންޑާކޮށްފައި އޮތީ 1:30 އަށެވެ. ނަމަވެސް ސަރުކާރު މެންބަރުންގެ އިހުތިޖާޖާ ގުޅިގެން ޖަލްސާ ވަނީ މެދުކަނޑައިލައިފައެވެ.
އެމްޑީޕީ ފުޏޑާލާ
ސިޔާސީ މައިދާނުގައި ޤާސިމް އިބްރާހިމް ގެ މިހާރުގެ ބަރުދަން އެމަނިކުފާނަށް އެނގިވަޑައި ގައްނަވާބާ؟ ކޮންމެ ތަރިޔެއްވެސް އަރާފަ އޮއްސޭކަން މީ އެންމެން ޤަބޫލުކުރާ ހަޤީޤަތެއް.