އުރީދޫން ރާއްޖޭގައި ތެލެސީމިއާ ހޮސްޕިޓަލެއް އަޅަން 100 މިލިޔަން ރުފިޔާ ދެނީ
ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ޚިދުމަތް ދެމުން އަންނަ އުރީދޫން, ރާއްޖޭގައި ތެލެސީމިއާ ހޮސްޕިޓަލެއް އަޅަން 100 މިލިޔަން ރުފިޔާ ދޭން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ސަރުކާރުގެ ކެބިނެޓްގެ ނިންމުންތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ކޮންމެ އާދީއްތަ ދުވަހަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމެވެ.
ނާޒިމް ވިދާޅުވީ, 2005 ވަނަ އަހަރު އެ ކުންފުނިން ލައިސަންސް ދިންއިރު ނިންމާފައިވަނީ އުރީދޫގެ އާމްދަނީގެ ފަސް ޕަސެންޓް ސަރުކާރަށް ދެއްކުމުގެ އިތުރުން ރާއްޖޭގެ އައިސީޓީ ދާއިރާ އަށް ފައިދާގެ އެއް ޕަސެންޓް ދައްކާ ގޮތަށް ކަމަށެވެ. މި ސަރުކާރުން ނިންމާފައިވަނީ ޓެލެކޮމް ޚިދުމަތް ރާއްޖޭގައި ދެން ހިންގަމުން އަންނަ ކުންފުނި, ދިރާގުއާ އެއްވަރަށް, ޖުމްލަ ފަސް ޕަސެންޓް ސަރުކާރަށް ނެގުމަށް ކަމަށެވެ.
ސަރުކާރުން ބުނީ, މިކަން ކުރުމާއެކު ދިވެހި ރައްޔިތުންގެ ހިއްސާވާ އުރީދޫން ސަރުކާރަށް ދައްކާ އެޑްވާންސް ޓެކްސް 100 މިލިއަން ރުފިޔާ 200 މިލިއަން ރުފިޔާއަށް ބަދަލު ވެގެންދާނެ އެވެ. އަދި ތެލެސީމިއާ ހޮސްޕިޓަލް އަޅަން އެ ކުންފުނިން 100 މިލިއަން ރުފިޔާގެ އެހީއެއްވެސް ދޭނެ ކަމަށެވެ.
ސަރުކާރުން ވަނީ ތެލެސީމިއާއަށް ޚާއްސަކޮށް ވަކިން ހޮސްޕިޓަލެއް އަޅަން ނިންމާ, އެކަން އިއުލާންކޮށްފައެވެ.