ޚަބަރު

ރައީސް އަޒުލުކުރަން މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން ހުށަހަޅާނަން: އެމްޑީޕީ

އައިކާ ޔުނާން ، ދެން އޮންލައިން

އެމްޑީޕީ ޕީޖީން ފާސްކޮށްފައިވުމާއެކު, ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރުމުގެ މައްސަލަ މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް އެމްޑީޕީން ފެށީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މަޖިލިސް ތެރެއިން އުފެދުނު ހަމަނުޖެހުންތަކުގެ ތެރެއިންނެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިގޭ ވިދާޅުވީ, ޕީޖީން އިއްޔެ ފާސްކުރި ނިންމުމާމެދު ގޮތެއް ނިންމާނީ ޕާޓީގެ ހައި ލެވެލްގައި ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

އަޒުލުކުރުމާ ގުޅޭ ގަރާރު ހުށަހަޅާނީ މާދަމާތޯ ނުވަތަ ކޮން ދުވަހަކުތޯ މިހާތަނަށް ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މެއި 27 ގައި މި ދައުރު ނިމުމުގެ ކުރިން ހުށަހަޅާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ ވަގުތާއި ހާލަތަށް ބަލާފައި، އެ ހުށަހެޅުން އަޅަން ޖެހޭ އެންމެ ރަނގަޅު ވަގުތުގައި އަޅުގަނޑުމެން ހުށަހަޅާނީ." ބިގޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް މިހާރު މެންބަރުންގެ ސޮއި ހަމަވެފައިވާ ކަމަށާއި ސަރުކާރަށް ތާއީދުކުރާ ބައެއް މެންބަރުން ވެސް އެކަމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ނޫސްވެރިން އިތުރަށް ސުވާލުކުރުމުން އިތުރު ތަފްސީލު ދޭން އޭނާ ވަނީ ދެކޮޅު ހައްދައިފައެވެ.

ރައީސް އަޒުލު ކުރުމުގެ މަސައްކަތް ފަސޭހަ ކުރުމަށް މީގެ ކުރިން އެމްޑީޕީން ވަނީ މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ގެނެސްފައެވެ. އެގޮތުން އެއްވެސް ދާއިރާއެއްގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ގޮނޑިއެއް ނުލައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް އިސްލާހުވަނީ ގެނެސްފައެވެ.

އެހެންވެ، މިހާރު މަޖިލީހުން ރައީސް އަޒުލުކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. ކުރިން ގަވާއިދު އޮތް ގޮތުން، ރައީސް އަޒުލުކުރަން 58 މެންބަރުންގެ ސޮއި ބޭނުންވާނެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވެސް އެ މާއްދާ ގާނޫނާ ހިލާފު ކަމަށް ބުނެ ބާތިލް ކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދައިފައެވެ.

Ads by Allied Insurance
  1. މިބައި މީހުން މިއުޅެނީ އެތަކެއްއަޔޯދިޔާގެ ބާބަރީ މިސްކިތް ތަޅާފަ އެތާގައި ހިންދޫ ރާމް ބުދުފައްޅި އަޅާދިން ބޮޑު މުޖުރިމް މޯދީ އަށް ބައިތު ހިފާ އޭނަ އަތުން ފައިސާ ހޯދައިގެން، އިސްލާމް ދީނާއި މިމީހުން ކުޅަ ހުވަޔަށްވެސް ހިޔާނާތް ތެރިވެ ޢަދަރު ވެރިވެފައި މިބައިގަޑުގެ މައްޗަށް ވަގުތުން ދައުވާ އުފުލުމަށް ރައީސް ޑރ މުއީޒަށް ގޮވާލަން !

  2. ސިޔާސީ ހަށިވިއްކާ ބޮޑު ނީލަން ފިހާރައިގާ ސޭލް އަޅުވައިގެން އުޅެނީ ގޮޅީގައި ސޭލް ގޮނޑީގައި ސޭލް ، ތިޔަ ގޮޅި ބާކަމުން މިހާރު ގަންނާނެ މީހަކު ނޫޅޭ ސިޔާސީ ޕާޓީތަކުން ބޭނުންވަނީ 21 ވަނަ ޤަރުނަށް ފެތޭކަހަލަ އަނދަރާދަ ގޮޑި ތިޔައީ މާކުރީގެ ދަބަރު ގޮންޑު ! ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހަތާވެސް މިމާރުކޭޓްގައި އުޅެނީ !

  3. ނުނެގޭނެއޭ

    ސީދާ ރަައްޔިތުންގެ ވޯޓަކުން ހޮވާފައިވާ ރައީސާއި ނައިބް ރައީސް ވަކިކުރެވޭނީ ސީދާ ރައްޔިތުންގެ ވޯޓަކުންނޭ އެކަން ނުކުރެވޭނެއޭ މަޖްލީހުގެ ރައީސަށް އެއީ ބުއްދީގެ ހަމަތަކުން ގަބޫލުކުރެވޭނެ ކަމެއް ނޫނޭ ކަން މިހެން ހުރުމުން ސީދާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންވީއޭ ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ޓަކައި ރައީސް މުއިއްޒުގެ ގަރާރަކުން އެއިރުން މިގަރާރު މިގޮތަށް އޮތްވާ މިގަރާރަށް ގޮންޖަހާފައި މަޖްލީހަށް ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމަށް ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ ވޯޓްނުނެގޭނެއޭ