ޚަބަރު

އަސުރުމާ ދޯންޏަށް އިންޑިއާ ސިފައިން އެރިކަމަށް ބުނާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ: އެމްޑީޕީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އދ. މަހިބަދޫ އަސުރުމާ-3 އަކަށް އިންޑިއާ ސިފައިން އެރިކަމަށް ބުނާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.

Ads by STELCO

އެމްޑީޕީން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުންދިޔަ ދޯންޏަށް ބޭރު ގައުމެއްގެ ކަނޑުގެ ސިފައިން އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާ ކަމަށް ދިވެހި މީޑިއާގައި ކޮށްފައިވާ ރިޕޯޓުތަކާ ގުޅިގެން އެމްޑީޕީން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

މި މައްސަލައަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބެލުމަށް ގޮވާލާ ކަމަށާއި ރާއްޖޭގެ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ ސަރުކާރާ މި މައުލޫމާތު ވީ އެންމެ އަވަހަށް ހިއްސާކޮށް އެއިން ގައުމެއްގެ އަސްކަރިއްޔާ މިކަމުގައި ޝާމިލުވޭތޯ ބެލުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް އެމްޑީޕީން ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އީއީޒެޑް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ މޯލްޑިވިއަން ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކަމަށްވާއިރު މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހި މަސްވެރިންނާއި ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހެދުމަށް އެ ޕާޓީން ގޮވާލާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

Ads by HDC
  1. ކަލޭމެން އިންޑިއާއަށް މގައުމު ވިއްކާފަ އޮތް މިންވަރު މިފެންނަނީ

  2. ހައްހައްހާ! ހިނިއަންނަނީ، މިވެރިން އަޑީގަތިބެގެން ކުރާކަންތައް