ޚަބަރު

ޕްރައިމަރީއަކާ ނުލާ ޔާސިރު, ވަހީދު އަދި އިފްހާމަށް އެމްޑީޕީ ޓިކެޓު ކަށަވަރުވެއްޖެ

އައިކާ ޔުނާން ، ދެން އޮންލައިން
މިއަދު ޓިކެޓު ކަށަވަރުވި ޔާސިރު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތް ދުވަހު ނަގާފައިވާ ފޮޓޯއެއް--

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު ތިން ކެންޑިޑޭޓަކަށް ޕްރައިމަރީއަކާ ނުލާ އެ ޕާޓީގެ ޓިކެޓު ކަށަވަރުވެއްޖެއެވެ.

Ads by Hajj Corporation

އެ ޕާޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ދެން ވާދަކުރެއްވި ކެންޑިޑޭޓުން ނަން ނަގާފައިވުމުގެ ސަބަބުން ޓިކެޓު ކަށަވަރުވެފައިވަނީ މިހާރުގެ ދެ މެންބަރުން ކަމަށްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަހުމަދު ލަތީފާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދުގެ އިތުރުން މާފަންނު އުތުރު ދާއިރާ އަށް ވާދަކުރައްވާ އިފްހާމް ހުސައިނަށް ކަމަށެވެ.

އިފްހާމް ހުސައިން އަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.

އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ ފަރާތްތައް ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހަށް ތާވަލްކޮށްފައިވާއިރު މިހާތަނަށް 30 އަށް ވުރެ ދާއިރާގެ ޓިކެޓު ވަނީ ޕްރައިމަރީއެއް ނެތި ކަށަވަރުވެފަ އެވެ.

އޭގެ ތެރޭގައި ގިނައިން ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޓިކެޓުގައި މިހާރު ވެސް ތަމްސީލް ކުރަމުން އަންނަ މެންބަރުންނާއި އެމްޑީޕީ ސަރުކާރުގެ އިސްވެރިންނެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ.

Ads by Allied Insurance
  1. ހެޔޮނުވާނެއޭ

    މިގޮތަށް މިކަން ވުމުން އިންޑިއާ ހެލިކޮޕްޓަރު ވެސް އަދި ޑޯނިއަރ ވެސް ޖެހޭނީ މާރޗް 1 ގައި ރާއްޖޭން ގެންދަން އަދި އެ ކަމަށް ހެދިފައިވާ އެއްބަސްވުން ވެސް ޖެހޭނީ އުވާލަން އިންޑިއާ އާއި އެކު ހަދާފައިވާ ރާއްޖޭގެ މިނިވަން ކަން ފޭރިގަންނަ ޗާރޓް ކުރެހުމާއި ބެހޭ އެއްބަސްވުން ވެސް ޖެހޭނީ ބާތިލް ކުރަން އަދި އިންޑިއާ އަށް ބަރޯސާ ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ތުރުކީ އަދި ޗައިނާގެ ޝިޕިންގް ލައިން ތައް ތާވަލްކޮށްގެން ރާއްޖެ އާއި ސީދާ ތުރުކީ އާއި ދެމެދު ފަށާށޭ ރައީސް އިބޫ އެއީ ގައްދާރެކޭ އޭނާ ހެޔޮނުވާނެ ރާއްޖޭގައި ވެސް ބަހައްޓަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ