ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

އަމާޒަކީ މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ ނެގުން، އެ މަންޒަރު އެބަ ފެނޭ: ރައީސް ޞާލިހް

ޙައްވާ އިނާޝާ ، ދެން އޮންލައިން
އަލިމަސް ކާނިވާާ ސަރަހައްދުގައި ކުރިއަށްދާ އުފާވެރި މާާލެ ޖަލްސާގެ ތެރެއިން | ފޮޓޯ: އެމްޑީޕީ

އަމާޒަކީ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ ނެގުން ކަމަށާއި އެ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޞާލިހް މިހެން ވިދާޅުވީ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމަށް އެމްޑީޕީން ބާއްވާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

އެގޮތުން ރައީސް ސާލިހު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބޭ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.

ހަމަ އެހެންމެ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އެމްޑީޕީން ދަތުރުކޮށް، ކެންޕޭންގެ ހަރަކާތްތައް ވަރަށް ފުޅާކުރާނެ ކަމަށް ޞާލިހް ވިދާޅުވިއެވެ.

ޕްރައިމަރީ ނިމުމާއެކު ކެންޕޭން ލޯންޗު ކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެމްޑީޕީއަކީ އަބަދުވެސް ވަރަށް ރަނގަޅަށް އިންތިޒާމްވެގެން ކެންޕޭންކުރާ ބައެއް. މި ފަހަރުގެ އިންތިޚާބުގަ ވެސް އަޅުގަނޑުމެން އެގޮތަށް އިންތިޒާމްތައް ރާވަމުން މިގެންދަނީ" ރައީސް ޞާލިހް ވިދާޅުވިއެވެ. އަދި ކުރިއަށް މިއޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިއަދު ކުރިއަށްދާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ވަރަށް ފުރިހަމައަށް ރާވާފައިވާ ކަމަށާއި ވަރަށް ސުލްހަވެރި ކަމާއެކު ހުރިހާ ކަމެއް ކުރިއަށްދާކަމަށް ރައީސް ޞާލިހް ވަނީ ފާހަގަކުރައްވާފައެވެ. އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ފެށިފައި ވަނީ މިއަދު ހެނދުނު 9:00ގައެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 05:00 އަށެވެ.

އެމްޑީޕީން އެ ޕާޓީގެ ޕްރައިމަރީ ވޯޓުލުން މިއަދު ކުރިއަށްގެންދާއިރު މަޖިލިސް އިންތިޚާބުގެ ވޯޓުލުން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17 ވާ އާދީއްތަ ދުވަހުއެވެ.

Ads by Ooredoo
  1. ރިޔާސީ އިންތިޚާބުގަވެސް ބުނީ ހަމަ ތިހެން