ޚަބަރު

ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ބޮއިކޮޓު ކުރަން އެމްޑީޕީން ނިންމައިފި

އައިކާ ޔުނާން ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ބޮއިކޮޓު ކުރަން އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

Ads by Hajj Corporation

އެ ގޮތަށް އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުން ނިންމާފައިވާ ކަން ޕާޓީގެ އިސް މެންބަރަކު ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް ކަށަވަރު ކުރަން ނިންމި ސަބަބެއް ސާފެއް ނުވެ އެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 09:00 ގައެވެ. މިއީ ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ފަހުން އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިސް ދައުރު ފަށާ ޖަލްސާގައި އިއްވަވާ ރިޔާސީ ބަޔާނަކީ ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކުލަވައިލައްވާ ބަޔާނަކަށް ވާންވާނެކަމަށެވެ.

ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާގެ އިތުރުން މާދަމާ މެންދުރު 02:00 ގައި ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެ ޖަލްސާގައި އިންތިޚާބުތަކުގެ އާންމު ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހާޅާފައިވާ ބިލަށް ބަހުސް ކުރުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

 

Ads by HDC
  1. ޢާންމުގޮތެއްގައި މުބާރާތް ތަކުގައި މެޗް ކުޅޭ ފުރަތަމަ ދުވަހު ހުރިހާ ޓީމްތަކުންވެސް ރަސްމިއްޔާތަށް ދާނެ، ފުރަތަމަ ދުވަހު ކުޅޭ މެޗް ބަލަން ނުތިބެވުނު ނަމަވެސް ! 5 އަހަރު ވަންދެކަ މެޗް ކުޅެން ތިބެފައި ފާބަން ޖެހުނީމާ ވާގތެއްތީ ތިޔައީ ކުޅުމުގެ ރޫހާއިވެސް ހިލާފް ކަމެއް، ހަޖަމް ކުރުމުގެ ޤާބިލް ކަން ޓީމްގައި ހުންނަންވާނެ !