ތިން ޤައުމަކަށް ސަފީރުން އައްޔަން ކުރަން ރުހުން ހޯދަން ހުށަހަޅައިފި

ދިވެހިރާއްޖެ އިން ތިން ޤައުމަކަށް ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރަން ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ސަފީރުކަމަށް އައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް އަށް ވަނީ ފޮނުވާފައެވެ.
އެ މަގާމުތަކަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް މިއަދުގެ މަޖިލީހުގައި ވަނީ އިއްވާފައެވެ.
އެގޮތުން ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް އައްޔަނުކުުރުމަށް ފޮނުއްވާފައި ވަނީ މއ. ތުޅާގިރި، މަސްއޫދު އިމާދުއެވެ. އަދި މެލޭޝިއާގެ ސަފީރު ކަމަށް މ. ރުށްފުށި ޑރ. މަރިޔަމް ޝަބީނާ އަހުމަދު އައްޔަންކުރަން ވަނީ ހުށަހަޅުއްވާފައެވެ.
ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާ ސަފީރު ކަމަށް މ. ގީލާވިލާ، ގީލާ އަލީ އައްޔަން ކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ވަނީ ފޮނުއްވާފައެވެ.